ޒިމްބާބްވޭގައި އަންހެން ރޭޕިސްޓުން އިތުރުވުމުގެ ސަބަބުން، އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުން ސަމާލުވެތިބުމަށް، ޒިމްބާބްވޭގެ ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

މިކަން ހާމަކޮށް، މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެޤައުމުގެ އިރުމަތީ ޕްރޮވިންސް، މާޝޯނާލޭންޑްގެ ފުލުހުން ބުނެފައިވަނީ، އަންހެން ރޭޕިސްޓުން ޙަރަކާތްތެރިވަމުން ދަނީ ވެހިކަލްތަކެއްގައި ކަމަށާއި، ފިރިހެނަކު އެކަނި ދާތަން ފެނިއްޖެނަމަ ގަދަކަމުން ވެހިކަލަށް އަރުވައިގެންގޮސް ރޭޕްކުރާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ޒިމްބާބްވޭގެ ފުލުހުން ބުނެފައިވާގޮތުގައި، މި މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް މި އަހަރު ފެށިގެން އައި އިރު މިފަދަ ހާދިސާތައް މަދުވި ކަމަށެވެ. ނަމަވެސް އަނެއްކާވެސް ރޭޕިސްޓުންގެ ޢަމަލުތައް އިތުރުވާން ފަށާފައިވާކަމަށާއި، އެފަދަ ހާދިސާތަކުގެ ރިޕޯޓް ލިބޭ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމަ އެހެންމެ އަންހެން ރޭޕިސްޓުން މިހާރު ޙަރަކާތްތެރިވަމުންދަނީ ދުވާލުގެ ވަގުތުގައިކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އެއިން އެއްވެސް މީހަކު އަތުލައިގަނެވިފައި ނުވާ ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުން ފެށިގެން އަންހެން ރޭޕިސްޓުންގެ އުނދަގޫ އެޤައުމުގެ ބައެއް ހިސާބުތަކުގައި ބޮޑުވެފައިވާއިރު، އެފަރާތްތައް އަތުލައިގަތުމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތައް ވަނީ ނުކުޅެފިފައިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

މިދިޔަ ޖެނުއަރީ މަހުގައިވެސް ޒިމްބާބްވޭގައި ޢާންމުން ގިނަ ސަރަޙައްދެއްގައި އަންހެނުންތަކެއް ވެގެން ފިރިހެނަކަށް ޖިންސީ ގޯނާކޮށް އޭނާ ރޭޕްކޮށްލި މައްސަލައެއް ފެންމަތިވެފައިވެއެވެ. ތިން އަންހެނުން ވެގެން އޭނާ ރޭޕްކޮށްލީ ބަޑިން ބިރު ދެއްކުމަށްފަހުގައި ކަމަށް ވެއެވެ. އެމީހުން ވަނީ އޭނާއަށް އަނިޔާ ކުރުމަށްފަހު ފުލުހުން އައުމުގެ ކުރިން ފިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އުތަ

    ފިރިހެނުންނަށް ރަނގަޅެއް ނު.
    ރާއްޖޭގައި މިއުޅެން ޖެހެނީ ކައިވެނި ކުރަންވެސް އަންހެނަކު ނުލިބިގެން.

  2. ޗަކޮއެ

    ތީ ފިސާރި ކަނބަލުން

  3. ޭަޓަކިއްޓެ

    ތިބައިގަނޑު އަވަހަށް އިންޑިޔާއަށް ފޮނުވާލަން ފެނޭ.އިސާހިތަކު އިންޑިޔާގެ އަންހެނުންނަށް ދިމާވެފަވާ ހިފިނުހުރެވިގެން އުޅޭ ފިރިހެނުންގެ މުސީބާތުން ސަލާމަތްކަމެއް ލިބިދާނެ.

    • ނަރީނާ

      ތާއީދު

    • ަެއިންޑިޔާ

      ވަރަށް ތާއީދު 🙂

  4. މާރިޔާ

    ކަނބަލުންގެ ހައްގުތައް ކުރިއަށް

  5. އަޙްމަދް

    ހެހޭ: އެމްޑީޕީ ތުރޫކޮށް އިނޑިއާއް ތި ރޭޕިސްޓން ނިކަން ފޮނުވަބަލާ!

  6. ވާނުވާ

    އަވަހަށް އިންޑިޔާ ފިރިހެނުން ޒިންބާބްވޭ އަށް ފޮނުވާ