ޗައިނާގައި ރިޔާސީ ދައުރުގެ މުއްދަތާއި ވެރިކަމުގައި އަދާ ކުރެވޭނީ ވަކި ވަރަކަށް ދައުރުކަން ބަޔާންކުރާ މާއްދާ އުވާލުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

2964 މެމްބަރުން ބައިވެރިވި ވޯޓަކަށްފަހު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވާއިރު މި ބިލާއި ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ ދެ މެމްބަރުންނެވެ. އަދި އެއް މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

މިއަދު ފާސްކުރެވުނު ބިލާއި އެކު އެޤައުމުގެ ރައީސް ޝީ ޖިންޕިންއަށް ވަކި މުއްދަތެއް ނެތް ގޮތަށް ވެރިކަމުގައި ދެމިހުންނެވޭނެއެވެ.

ޝީ ޖިން ޕިން ޗައިނާގެ ވެރިކަމަށް ވަޑައިގަތީ 2013 ވަނަ އަހަރުގައެވެ. އެޤައުމުގެ ޤާނޫނު އަސާސީގައި ވާގޮތުން އެމަނިކުފާނާއި އެޤައުމުގެ ނައިބު ރައީސަށް ވެރިކަމުގައި ހުންނެވޭނީ 2023 ވަނަ އަހަރާއި ހަމައަށެވެ. ނަމަވެސް މިއަދު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެން ފާސްކުރެވުނު ބިލާއި އެކު އެމަނިކުފާނަށް ވެރިކަމުގައި ހުންނެވުމަށް ވަކި މުއްދަތެއް ނޯންނާނެއެވެ. މި ބިލަކީ އެޤައުމުގެ ޤާނޫނަށް، ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި ގެންނަ ފުރަތަމަ ބަދަލެވެ.

އުމުރުފުޅުން 64 އަހަރުގެ ޝީ ޖިންޕިން ޗައިނާގެ ވެރިކަމަށް ވަޑައިގަތީ، އެޤައުމުގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން ވާދަކުރައްވައިގެންނެވެ. ޝީ ޖިންޕިންއަށް ވެރިކަމުގައި ދެމިހުންނެވުމަށް ފުރުސަތު ލިބޭ، ވެރިކަމުގެ ދައުރު އުވާލާ ބިލް ހުށަހެޅުމަށް ނިންމީވެސް އެ ޕާޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިމްސް

    މިރާއްޖޭގެ މިއަދުގެ ރައީސަށްވެސް ތި ފުރުސަތު ދިނުން މުހިންމު-އިންވެސްޓަރުންގެ އިތުބާރު ލިބި ގައުތަރައްގީ ކުރަން ފަސޭހަވާނެ

  2. ނުރަބޯ

    މިގައުމުގެ މިއަދުގެރައީސަކީ އޭނާގެ މުޅި ޢުމުރަށްވެސް ރައީސްކަމުގައި ބެހެއްޓުން އެކަށީގެންވާ ބޭފުޅެއް. އިދިކޮޅު ޕަޕެޓްތަކާ ޣައްދާރުންނާ ބޭރުގެ ނުފޫޒުތަކާ ލާދީނީ ފިކުރު ތަކުން މިގައުމު ﷲގެ ވާގިފުޅާއެކު ސަލާމަތުން ބާއްވައިގެން ގައުމު ތަރައްގީގެ އެއްމެ އުސްމިނަށް އުފުއްލޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން.

  3. އހ

    ރ ޔާމީނަށްވެސް ތިފުރުސަތް ދޭން އެބަޖެހޭ

  4. އާ

    މިތަނުގައި ވެސް ތި ފާސްކުރާނެ....މީހެއް ވޯޓް ނުދިނަސް