ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ގެއްލިފައިވާ މައްސަލަ ހޫނުވެ، އެމައްސަލައިގައި އެމެރިކާ އާއި ހުޅަނގުން ސައުދީ އަރަބިއްޔާ އަށް ފިޔަވަޅެއް އަޅައިފިނަމަ، ނުވަތަ ފިޔަވަޅެއް އަޅަން އުޅެފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ދާނެ ކަމުގެ އިންޒާރު އިޤުތިޞާދީ މާހިރުން ދެއްވައިފިއެވެ.

ނޫސްވެރިޔާ މަރާލީ ސައުދީ އަރަބިއްޔާ އިން ކަން ސާބިތުވެއްޖެ ނަމަ ސައުދީ އަރަބިއްޔާ އަށް އަދަބު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމުން ސައުދީ އަރަބިއްޔާ އިން ވަނީ އެކަމަށް ރައްދު ދީފައެވެ. ސައުދީ އަރަބިއްޔާ އިން ބުނެފައި ވަނީ އެގައުމުގެ އިޤުތިޞާދަކީ ވެސް ވަރުގަދަ އިޤުތިޞާދެއް ކަމަށާއި އެގައުމާއި ދެކޮޅަށް ފިޔަވަޅު އަޅާއިރު ބަލަން ނޯންނާނެ ކަމަށެވެ.

އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ އިން ތެލުގެ އަގަށް ގެންނަން ބޭނުންވާ ކޮންމެ ބަދަލެއް ގެނެވިދާނެ އެވެ. އެއީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރުމުގެ އިތުރުން އޯޕެކްގެ ގައުމުތަކުން ވެސް ސައުދީ އަރަބިއްޔާގެ ބަހަށް ބޯލަނބާނެތީއެވެ.

އެހެންކަމުން ސައުދީ އަރަބިއްޔާ އަށް އިޤުތިޞާދީ ދަތި ކުރުމުގެ ފިޔަވަޅެއް އެމެރިކާ އާއި ހުޅަނގުން އަޅަން އުޅެފިނަމަ މުޅި ދުނިޔޭގެ އިޤުތިޞާދަށް ލޮޅުން އެރުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނޫސްވެރިޔާ ޚަޝޯގީ ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން އޭނާގެ ޚަބަރެއް ނުވާތާ މިހާރު ދެހަފްތާ ވާން ކައިރި ވެއްޖެއެވެ. ތުރުކީ އިން ތުހުމަތު ކުރަނީ ޚަޝޯގީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަމަށެވެ. ސައުދީ އަރަބިއްޔާ އިން ބުނަމުން ގެންދަނީ ޚަޝޯގީ އަށް ވީގޮތެއް ބަލަން އެގައުމުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ޚަޝޯގީ ގެއްލުމާއި ބެހޭ ގޮތުން އުފެދިފައިވާ އެތައް ސުވާލަކަށް އަދި ޖަވާބު ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަޤީރު ކަލޯ!

    ﷲ އިދަކުރެއްވިއްޔާ އެމެރިކާގެ ވަގުތު ހަމަވަން ކައިވަތަކަށް ލެފިއްޖެ! ކުދިންނޭ އުފާކުރޭ!

  2. އަހްމަދް

    ޖަމާލް ޚަޝޯގީ އަކީ ނޫސްވެރިއެނޫނެވެ. އެއީ ފަސާދަ ވެރިއެކެވެ.
    ސައުދީ ޝާހީ ޢާއިލާގެ ތަނަވަސްކަމުގެ މައްޗައް ދަހވެތިވެފައިވާ މުޑުދާރު ޙަވާރިޖީއެކެވެ.

    • ގަމާރުމޯލްޑިވިއަންމ

      މޮޔަ އާލާށް ވަރުގަނޑެއް