އިނގިރޭސި ޕްރިންސް ހެރީ އާއި މޭގަން މާކަލް އަށް ދަރިއަކު ލިބޭކަން، އިނގިރޭސި ޝާހީ އާއިލާއިން އިއުލާންކޮށްފިއެވެ.

ކެންސިންޓަން ޕެލަސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މޭގަން ވިހާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކަމަށެވެ.

ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް "ސޫޓްސް" އިން ވިދާލި މޭގަން ކައިވެނި ބައްލަވައިގެންފައިވަނީ މި އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހުއެވެ.

މިއީ ޕްރިންސް ހެރީގެ ފުރަތަމަ ކައިވެންޏަށް ވީ ނަމަވެސް މެގަން ވަނީ މީގެކުރިން ވެސް އިތުރު ކައިވެންޏެއް ކޮށްފައެވެ.

ޕްރިންސް ހެރީ ބައްޕައަކަށް ވާއިރު، ހެރީގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަން އަށް ތިން ބޭފުޅުން މިހާތަނަށް ވަނީ ލިބިވަޑައިގެންފައެވެ. އެއީ ދެ ފިރިހެން ދަރިކަލުންނާއި އަންހެން ދަރިކަނބަލެކެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް ކައިވެނި ބައްލަވައިގަތީ 2011 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    ދެން އަހަރުމެން ކީއްކުރަންވީ؟ ފަންޑު ފޮއްޓެއް ހުޅުވަންވީތަ؟

  2. ވަރަށް ވާހަކަ

    ދުނިޔޭގެ ހަޔާތުގަ އިއްޒަތާ ޤަދަރާ އަރާމާ އުފަލުގަ އުޅޭ ތިކަހަލަ ކާފަރުންގެ ވާހަކަ އަހަރުމެން އަޑުއެހުމިގެ ބޭނުމެއް އަޅެބުނެބަލަ... ތިޔަ މިހުންނަށް ﷲ ދެއްވަފައިވާ ތަނަވަސްކަމާއި މަޝްޙޫރުކަމުގެ އެއްވެސް އަގެއް ނެތް !!! އަހަރުމެންނަކާއި ބެހޭކަމެއްނޫން ތީކީ ތިކަމުން އަހަރުމެންނަށް ވާނެ މޮޅެއް ދެރައެއްވެސް ނެތް