މިދިޔަ ޖެނުއަރީ މަސް ތެރޭގައި އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން އެންމެ ހަތް އަހަރުގެ ޒައިނަބް ރޭޕްކޮށް މަރާލި، އިމްރާން ދަން ޖެއްސުމުގެ ކުރިން އާއިލާއަށް ބައްދަލުކުރުމަށް ފަހު ފުރުސަތު ދީފިއެވެ.

އިމްރާން ހައްޔަރުކޮށްފައި ހުންނަ ޖަލުގެ އޮތޯރިޓީން އެ ހުއްދަ ދީފައި ވަނީ އިއްޔެއެވެ. އަންނަ ބުރާސްފަތި ދުވަހު އިމްރާން ދަަން ޖައްސާއިރު، އެ އާއިލާއިން އޭނާއާ ބައްދަލުކުރެވޭނެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި، ކަނޑައަޅާފައި ވަނީ މާދަމާ މެންދުރު 12:00 އެވެ.

ޕާކިސްތާނުގެ ރިޕޯޓްތައް ބުނާގޮތުގައި، އިމްރާންގެ އާއިލާގެ ފަރާތުން އޭނާއާ އެންމެ ގިނައިން ބައްދަލު ކުރެވޭނީ 50 މީހުންނަށެވެ. އަދި އިމްރާން އާ ބައްދަލުކުރަން ދާ މީހުން އެ ގައުމުގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށްވެސް ވަނީ އެދިފައެވެ.

އިމްރާން ދަންޖެއްސުމަށް ހަމަޖެހިފައި ވަނީ، ލާހޯރުގެ ސެންޓްރަލް ޖަލުގައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ވަގަށް ނެގި ޒައިނަބް ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނީ ކުނިގޮނޑެއްގެ ތެރެއިންނެވެ. އެއީ އޭނާ ވަގަށް ނެގިތާ ފަސް ދުވަސް ފަހުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަން ފަށާ ވަަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދިޔައިރު، އެ މައްސަލާގައި އިމްރާން ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނި ސާބިތު ހިފޭ ވަރަށް ހެކި ހުރުމުންނެވެ. އެ ހެކީގެ ތެރޭގައި ޑީއެންއޭ ސާމްޕަލްތައް ހިމެނެއެވެ.

އެ ޑީއެންއޭ ސާމްޕަލްތަކުން އެނގުނުގޮތުގައި، އިމްރާން އަކީ އެހެން ކުދިންތަކެއްގެ މަރުގެ މައްސަލަތަކުގައިވެސް ޝާމިލުވާމީހެކެވެ. އަދި އޭނާ ވަނީ އަށް ކުއްޖަކު މަރާލި ކަމަށް އެއްބަސްވެސް ވެފައެެވެ.

ޒައިނަބް މަރާލާފައި ވަނީ، އޭނާގެ މައިންބަފައިން އުމްރާގެ ދަތުރެއްގައި ގައުމުން ބޭރުގައި އުޅެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އުޅަކޭ.ހިރި

    ތިމީހާހަވާލު ކުރޭ ރައީސްޔާމިން އާ.ހުމާމުމަރާދުވަހުމަރާލަން.

  2. ޝުހާ

    ހަމަ ރަނގަޅަށް އެހަދަނީ

  3. ޡްނަ

    ޢެ ކުއްޖާފުޅު ގެ ކައިރީ އޭނާގެ ފޮޓޯ ބޭންދީ ކީތްކުރަން. ޣާތިލް ޖައްބާރު. 8 ކުދިން ކިހާ ވޭނެއްގަ މަރުވެގެން އެ ދިޔައީ. ތައުބާ ވާނެކަން ނޭގެ މިހާރު. ސުވާލަކީ އޭނަގެ ތައުބާ ގަބޫލުކުރައްވާނެ ބާ އޭ.

  4. ނައިރާ

    ތީ މުޅިންވެސް ކުޑަކުދިން އަތުޖެހޭތޮ އުޅުނު ޖައްބާރެއް. އެހުރިހާ ކުދިން މަރުވެގެން ދިޔައިރު ތިޔަމީހާ މަރާނުލާ ނުބައިންދާތި. އަވަހަށް މަރާލާ މާ ލަސްވެސް ވެއްޖެ