ކުއްލިއަކަށް އަތާ ފައިގެ ވާގިނެތި އަބަދަށްޓަކައި ނުކުޅެދެން ދިމާވާ ސިއްޙީ ނުރައްކާތެރި ހާލަތެއް އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ޢާންމުވަމުންދާ މައްސަލައަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވެއްޖެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މި ހާލަތު މެދުވެރިވެގެން އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ރިޕޯޓްކޮށްފައިވާއިރު، ވޮޝިންޓަނުގައި އެކަނިވެސް މިކަމާއި ގުޅޭ ފަސް ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. މި ހާލަތު އެންމެ ގިނައިން ކުރިމަތިވަމުން ދަނީ ތުއްތު ކުދިންނަށެވެ.

މި ބަލިމަޑުކަމާއި ބެހޭގޮތުން މިހާތަނަށް ހޯދި ހޯދުންތަކަށް އަދި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާއިރު، ވޮޝިންގޓަން ސްޓޭޓް ޑިޕާޓްމަންޓް އޮފް ހެލްތުގެ ސިއްޙީ ތަޖުރިބާކާރުން ބުނެފައިވަނީ މިއީ، އެކިއުޓް ފްލެސިޑް މަޔަލައިޓިސް (އޭއެފްއެމް) ނަމަކަށްކިޔާ ސިއްޙީ ހާތަލަތެއް ކަމަށެވެ. މިއީ ޕޯލިއޯ އާއި ވަރަށް އެއްގޮތް ކަންކަން މެދުވެރިކުރުވާ ނުރައްކާތެރި ހާލަތެއްކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި މިއަހަރުގެ ތެރޭގައި ވޮޝިންގޓަނުން އެކަނިވެސް އުމުރުން ހަ އަހަރު ނުފުރޭ ހަ ކުދިންނަށް ވަނީ މި ހާލަތު މެދުވެރިވެފައެވެ. މިކަމުގެ ސަބަބުން އެކުދިންގެ ފުރާނައަށް ނުރައްކާވެ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ. ވޮޝިންޓަނުގެ އިތުރުންވެސް ބައެއް ސަރަޙައްދުތަކުގައި މިފަދަ ހާދިސާތައް އާންމުވަމުންދާ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.

އެކިއުޓް ފްލެސިޑް މަޔަލައިޓިސް އަކީ، ކުއްލިއަކަށް އަތާއި ފައިގެ ވާގިނެތެން ދިމާވާ ނުރައްކާތެރި ހާލަތެކެވެ. މި ހާލަތު މެދުވެރިވުމުން ހަށިގަނޑުގެ ނާރުގެ ނިޒާމަށް ގެއްލުންވާން ފަށައެވެ. އެންމެ ފުރަތަމަ މި ހާލަތު މެދުވެރިވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ކުއްލިއަކަށް އެއް އަތް ނުވަތަ އެއްފައިގެ ބާރު ދަށްވެ ހެލިފެލިވެ އުޅެން ދަތިވެއެވެ. އަދި ބަލީގެ އަސަރު ބޮޑުވުމުން ފުރާނައަށްވެސް ނުރައްކާވުމުގެ ފުރުސަތު ބޮޑުވެއެވެ.

ބަލީގެ ބައެއް އަލާމަތްތައް:

- މާބޮޑަށް މޫނުމަތިން ވަރުބަލިކަމުގެ އިހުސާސްވެފައި ހުންނަކަން ފެންނާން ހުރުން.
- ލޮލުގެ ކަޅި ހިންގުމަށް އުނދަގޫވުން، ނުވަތަ އަވަސް އަވަހަށް ކަޅި ހިންގާން ދަތިވުން.
- ކާން އުނދަގޫވެ ކާބޯތަކެތި ދިރުވަން ދަތިވުން.
- ކުއްލިއަކަށް އަތެއް ނުވަތަ އެއްފައިގެ ބާރު ދަށްވާކަން އިހުސާސުވެ އެކަމުގެ އުނދަގޫ ބޮޑުވުން.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހީދު

    ކުރިއަރާފައިވާކަމަށްދައުވާކޮށް ގެއްލުންބޮޑު ހަތިޔާރުއުފައްދާ ނުރުހޭފަރާތަށް ޚާޞަކޮށް
    ުމުސްލިމުންނާ ދެކޮޅަށް އެބޭނުންކޮށް ކިތަންމެބޮޑު ގެއްލުމެއް ދިންކަމުގައިވިއަސް
    ﷲ ކަމަކަށް އިރާދަކުރައްވާ އެކަމެއްމެދުވެރިވުމުން ކުރެވޭނެ އެއްކަމެއްވެސްނޭގި
    މާޔޫސްވާނެ ކޮބާތޯ އުފެއްދިމޮޅު ގެއްލުންބޮޑު ހަތިޔާރު ކޮބާތޯ އާހޯދުންތައް

  2. ގުޑް އެންޑް ބޭޑް މިކްސްޑް

    މިއީ އެމީހުންގެ ވެކްސިން މެދުވެރިކޮއް ފަތުރާ ކަންކަން ކަމަށް ވެދާނެ.