މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ރޭޕްކޮށް މަރާލުމަށްފަހު ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ޕާކިސްތާނަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ ޒައިނަބު މަރާލި މައްސަލާގައި، މަރަން ހުކުމްކޮށްފައިވާ އިމްރާން އަލީ އާއްމުންގެ ތެރޭގައި ދަންޖައްސާ މަރާލުމަށް ޒައިނަބުގެ ބައްޕަ އަމިން އަންސަރީ ހުށަހެޅި ހުށަހެޅުން ލާހޫރް ހައި ކޯޓުން ދެކޮޅު ހަދައިފިއެވެ.

ޒައިންބް ރޭޕްކޮށް މަރާލިކަމުގެ ކުށުގެ ދަޢުވާގައި ދަންޖެއްސުމަށް ކޯޓުން ޙުކުމްކޮށްފައިވާއިރު، އޭނާ ދަންޖެއްސުމަށް ނިންމާފައި ވަނީ، މާދަމާއެެވެ. އޭނާ ދަންޖައްސަން ނިންމާފައި ވަނީ ލާހޫރް ކޮޓް ލަކްޕަޓް ޖަލުގައެވެ.

އެހެން ނަމަވެސް އޭނާ އާއްމުންގެ ތެރޭގައި ދަންޖައްސަން ޖެހޭ ކަމަށް ބުނެ، ލާހޫރްގެ ކޯޓަށް ހުށަހެޅި ހުށެހެޅުން ވަނީ، ބަލައިނުގަނެފައެވެ. އަދި އެކަން ބަލައިނުގަނެ ގާނޫނޫގައިވާގޮތުގެ މަތިން ކުރިއަށްގެންދިއުމަށް އެކަން ބަލަމުންދިޔަ ފަނޑިޔާރު ވަނީ އެދިފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ވަގަށް ނެގި ޒައިނަބް ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ހަށިގަނޑަށް ހުރީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަައެވެ. ޒައިނަބު ފެނުނީ ވަގަށް ނެގިތާ ފަސް ދުވަސް ފަހުންނެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަން ފަށާ ވަަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދިޔައިރު، އެ މައްސަލާގައި އިމްރާން ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނި ސާބިތު ހިފޭ ވަރަށް ހެކި ހުރުމުންނެވެ. އެ ހެކީގެ ތެރޭގައި ޑީއެންއޭ ސާމްޕަލްތައް ހިމެނެއެވެ.

އެ ޑީއެންއޭ ސާމްޕަލްތަކުން އެނގުނުގޮތުގައި، އިމްރާން އަކީ އެހެން ކުދިންތަކެއްގެ މަރުގެ މައްސަލަތަކުގައިވެސް ޝާމިލުވާމީހެކެވެ. އަދި އޭނާ ވަނީ 12 ކުއްޖަކު މަރާލި ކަމަށް އެއްބަސްވެސް ވެފައެެވެ.

ޒައިނަބް ރަހީނުކޮށްގެން ގެންގޮސް ރޭޕްކޮށް މަރާލިއިރު، އޭނާގެ މައިން ބަފައިން ތިބީ އުމްރާގެ އަޅުކަމަށް މައްކާގައެވެ. ޒައިނަބްގެ މަރާއި ގުޅިގެން އެ ދުވަސްވަރު ޕާކިސްތާނުގައި ހަމަނެޖެހުންތަކެއްވެސް ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު