އުމުރުން ހަތް އަހަރުގެ ޒައިނަބު ރޭޕުކޮށް މަރާލި އިމްރާން އަލީ ދަން ޖައްސާ މަރާލައިފިއެވެ. އިމްރާން ދަންޖައްސާފައިވަނީ މިއަދު، ޕާކިސްތާނުގެ ލާހޫރުގައެވެ. އޭނާ ދަންޖައްސާފައިވާ ގަޑިއަކީ ޕާކިސްތާނު ގަޑިން ފަތިހު 05:30 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާން ދަންޖައްސާފައިވަނީ ލާހޫރުގައި ހުންނަ ކޮޓް ލަޚުޕަތު ޖަލުގައެވެ. އަދި، އޭނާ ދަން ޖައްސާފައިވަނީ މެޖިސްޓްރޭޓަކާއި ޒައިނަބުގެ ބައްޕަގެ ކުރިމަތީގައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ހަމައެހެންމެ، އިމްރާނުގެ ބޭބެއަކާއި ދެ ރައްޓެހިންވެސް، އެސަރަޙައްދަށް ގެނައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕާކިސްތާނުގެ ކޯޓުތަކުން އާއްމުކޮށްފައިވާ ގޮތުގައި ޒައިނަބާއެކު، އިތުރު އަށް ކުޑަ އަންހެން ކުދިން ރޭޕުކުރުމުގައި އިމްރާން ބައިވެރިވެފައިވެއެވެ.

ޒައިނަބު ރޭޕު ކުރުމުގެ ކުރިން، އިމްރާން ވަނީ އެކުއްޖާ ރަހީނުކޮށްފައެވެ. ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ޒައިނަބު ރަހީނުކުރިއިރު، ރޭޕުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނިފައިވަނީ އޭގެ ފަސް ދުވަސް ފަހުންނެވެ. ޚަބަރުތައް ބުނާގޮތުން، ޒައިނަބު ރަހީނުކޮށްފައިވަނީ އެކުއްޖާގެ ބޮޑުދައިތައެއްގެ ގެ ކައިރިންނެވެ.

މައްސަލަ ތަހުގީގުކުރަމުން ގޮސް، އިމްރާން ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ޑީއެންއޭ ޓެސްޓުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރި ތަހުލީލުތަކުން، ޒައިނަބުގެ ގާތިލަކީ އިމްރާނުކަން ހޯދުނުއިރު، އެހެން ހަތް ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލް ތަކާވެސް، އިމްރާނުގެ ޑީއެންއޭ ސާމްޕަލް ދިމާވިއެވެ.

އިމްރާން މަރާލުމަށް އެންމެ ފުރަތަމަ ޙުކުމްކޮށްފައިވަނީ އެޤައުމުގެ އެންޓި-ޓެރަރިޒަމް ކޯޓަކުންނެވެ. އެކޯޓުން ހަތަރު ފަހަރުމަތިން މިކަމަށް ހުކުމްކޮށްފައިވެއެވެ. އެހެންނަމަވެސް، އިމްރާނުގެ ފަރާތުންވަނީ ލާހޫރު ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގެ މި މަރުހަލާއިން ކާމިޔާބު ނުވެ، އެޤައުމުގެ ސުޕްރީމް ކޯޓާ ހަމައަށްވެސް މައްސަލަ ގެންގޮސްފައިވެއެވެ. އެހެންނަމަވެސް، އެކޯޓުން ވަނީ މި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދެކޮޅު ހަދާ، ކޯޓުން ބޭރުކޮށްލާފައެވެ.

އޭގެފަހުން، ޚާއްޞަ އެންޓި-ޓެރަރިޒަމް ކޯޓަކުންވަނީ، އިމްރާން ދަންޖައްސާ މަރާލައިގެން، މަރަށް މަރު ހިފުމުގެ އަމުރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Anonymous

    މަރަށްމަރު، އުފާވެއްޖެ. ޢެކުޑަކުއްޖާއަށް އިންސާފުލިބިއްޖެ، ހަމަ އެހެންމެ ގިނަކުދިންތަކެއް މަރާލިމީހެއް މި، މިހުރިހާ ކުދިންނަށްވެސް އިންސާފު ލިބިއްޖެ

    • ކެނެޑީ

      ހަގީގީ އިންސާފު ލިބޭނީ ގިޔާމަތްދުވަހު، މިއީ އިންސާފުގެ ކުޑަމިންވަރެއް

  2. އީމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  3. އަހުމަދު

    މިރާއްޖޭގަވެސްތިކަންވަރަށްގިނަ

  4. އަލްގާރީ

    ރާއްޖޭގައި މީހުން މަރާ މީހުން ކީއްވެ ދަން ނުޖެއްސެނީ

  5. ފޭސް

    އަލްހަމްދުﷲ.

  6. ދުވާ ފާހަގަ

    މިތާ ހިފިނުހުރެވިގެން މިއުޅޭ މީހާއަށްވެސް ހަދަންވީ ތިހެން.

  7. ނައިރާ

    ސާބަހޭ ސާބަހޭ. ރާއްޖޭގައިވެސް މަރަށް މަރު ހިފަން ޖެހޭ. މުސްލިމް ކޮންމެ ގައުމެއްގާވެސް މަރަށް މަރުގެ އަދަބު ދޭންޖެހޭ.

  8. އައިސްތު

    އަލްހަމްދުﷲ

  9. ޑިމޮކްރަޓިސްޓް

    ކޮބާ އީޔޫ އާއި އެމެރިކާ؟ ރާއްޖޭގެ ކަމެއްވިއްޔާ ހީވާނީ ރާކަނިމަސް ކައިގެން ކޮށިއަރައިގެން ތެޅޭ ގިތެލެއްހެން! އުފާވެރި ހަބަރެއްމީ.

  10. ކެހެނިބޭ

    އޭނާގެ ސަޒާ އޭނާ ލިބިގަނެފި... މިހިސާބުން އޭނާގެ ވާހަކަ ދެއްކުން ހުއްޓާލަން އެދެން

  11. ޖިލޭބީ

    ވަރަށް އުފާވެރި ޚަބަރެއް. އުންމީދުކުރަން ރާއްޖޭގައިވެސް މިކަން ވާނެކަމަށް.

  12. ޖަމީލުބޭ

    ރާއްޖޭގައި ވާގޮތަކީ ސްޕްރީމްކޯޓުގެ ޙުކުމަށްފަހުވެސް ވާރިސުން ރުފިޔާއަށްވިކި ފަނިހަދާ ކޮންމެވެސް އެއްޗެކޭކިޔައި މަރަށްމަރުހިފުމަށް ހުރަސްއަޅަނީއެވެ. "އަލްޤާރީ" އަށް ސާފްވެއްޖެތޯ؟

  13. ވަހީދު

    ޒައިނަބަށް ވީގޮތް ހިތަށް އަރާ ހިތާމަ ކުރަން. ނަމަވެސް މި ނުލަފާ މުޑުދާރު ހައިވާނު ދަންޖައްސާ މަރާ ލެވުނީމަ އުފާކުރަން. ﷲ އަށް ޙަމްދު ކުރަން

  14. ޗާލީ

    މިރާއްޖޭގައި މަރަށް މަރު ހިފަން ވެއްޖެޔާ، ދޮގުހެކި ދީގެން މަރާނީ އެކަމާއި ގުޅުމެއްނެތް މީހާ، ފުރަތަމަ ޖުޑިޝަރީ އިސްލާހުކޮށްގެން ނޫނީ ރަނގަޅެއް ނުވާނެ، މަރަށްމަރު ހިފުން ރަނގަޅު، މިރާއްޖޭގައި އެކަން ކުރަން އަދި އެފަދަ މާހަލެއްނެތް، މުޅިން ދޮގުހެކި ދިނުމާއި ފްރޭމްކުރުން މިއޮންނަނީ، ހެކިނައްތާލާފައި މުޅިން ރަނގަޅަށް ހުންނަމީހާގެ ދުވަސް ދުއްވާލާ، ނޫނީ ޕާރޓީއާއި ދެކޮޅުމީހުންގެ ދުވަސް ދުއްވާލާތަން މި ފެންނަނީ

  15. Anonymous

    ރާއްޖޭގަ މީހުން މަރާމީހުން ދަން.ނުޖެއްސެނީ އެމެރިކާ އިޔޫގެ ބާރުން އެމްޑީޕީ އަޑީގަ އޮވެގެން.

    • ކިޔާމީހާ

      ތެދު ފުޅެއް

  16. އަހުމަދު

    އަލްހަމްދުﷲ

  17. ދުރުމި

    އެމްޑީޕީ ސަރުކާރެއްގައި ތިކަން ނުކުރާނެ ކޮއްފިނަމަ ޔަހޫދީންނާއި ކްރިސްޓިއަނުނުންގެ ސަޕޯޓް ގެއްލި ނަޝީދު އެކަނިވާނެ.

  18. ނަނާ

    އަލްހަމްދުﷲ

  19. ކޮބާތަ ރާއްޖެގެ ކުދިން

    ރާއްޖޭގައި މީހުން މަރާ މީހުން ކީއްވެ ދަން ނުޖެއްސެނީ. އަދި ރޭޕް ކުރާ މީހުންނަށްވެސް އަދަބު އަންނަން ޖެހޭ. ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމީ ޤައުމު އޮންނަނީ ނަމަކަށް މީހުން ކަތިލަމުން ދާ ޒުވާނުން ނަށް މަރަށްމަރު ހިފާނަމަ މިރާއްޖޭގައި ވަޅިހަރާ މީހުންމަރާ މީހުން މަދުވާނޭ... ރައްޔަތުންގެ މަޖިލިސް މިކަމަށް ސަމާލުވޭ

  20. ޖަމާތުލް އިސްލާމިއްޔާ

    ރާއްޖޭގައި މީހުން މަރާމުންދާ މިފަދަ ނުބައި ނުލަފާ އިންސާނިއްޔަތުކަން ނެއްމީހުން ނަށް މަރަށްމަރު ނުހިފާނަމަ އެފަދަ މީހުންނަށް ރައްޔަތުން ނިކުމެ ޒައިޒް ކުރަން ޖެހިދާނޭ. ގްރޫޕް ތަކުން މިސްނާ އިސްލާމީ ހިދާޔަށް ދިރުވަން ނިކުންނާނީ މިގައުމުގައި މި ޖަމާއަތުން ޝުކުރިއްޔާ ނުކުޅެދޭ މަޖިލީސް ނުކުޅެދޭ ކޯޓް ތަށް

  21. ާއާނު

    ޥަރައް އުފާވެއްޖެ .އި ލާހީ ގާނޫގެ ހުކުމް ތަންފީޒް ކުރީތީ

  22. ދަސްކުރާ ކުއްޖެއް

    ރަހީ

  23. ޛަލ

    ނައިސް

  24. މިއަދު

    ކޮބާ އެމެރިކާ؟
    ކޮބާ އިންސާނީ ޙައްގުތަކާ ބެހޭގޮތުން މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމުޢިއްޔާ؟
    ކޮބާ އަންނި؟
    އިންޑިޔަވެސް އެކަން އެކުރަނީ ކީއްވެ މިގައުމުގައި މިކަން ނުކުރެވެންވީ؟

  25. ހާމދިު ޝާހިދު

    ރާއްޖޭގައި މިގޮތައް ނުވަނީ ކީއްވެބާ. ޑީއެންއޭ ޓެސްޓެއް ހަދައިގެންވެސް ގާތިލު މިއޮންނަނީ ނުފެނިފައި. ހުމާމުވެސް އަދިވެސް ޖަލުގައި އެހުންނަނީ ކޯޓުގައި އެއްބަސްވެ އިއުތިރާފް ވެފައިވަނިކޮށްވެސް. އަފްރާޝީމް މަރާލިއިރު، ފާރަޔަށްވެސް ކުދިން ބައިތިއްބާފައި ތިބި. އަދި، މެރުމުގައިވެސް ހަމައެކަނި ހުމާމެއްނޫން، އަމަލީގޮތުން އުޅެފައިވަނީ. 2 މީހަކު އެގެއަށް ވަދެ އެކަން ކުރިކަމަށް ހެކިފެނިފައިވަނީ. އެކަމަކު ހަމައެކަނި ހުމާމު މިބެދުނީ. ކީކޭބުނާނީ. ޢަބްދުﷲ ރިޔާޒޫ..! ނިކަން ކަލޭމެންގެ ސަރުކާރެއްގައި މިކަންކަން ތަހުގީގުކޮށް މަރުހުގެ ހުކުމް ތަންފީޒު ކޮށްބަލަ.

  26. ?

    އަލް ލަމްދުލިﷲ

  27. Anonymous

    ދުރުމި ބުނާގޮތުން ހީވަނީ ޔާމިންގެ ސަރުކާރުން މަރައް މަރުހިފިހެން.....ބަލަ ދެފުއްބަލަބަލަ....

  28. ހަބަރު

    ވަރަށް ބަރާބަރު ކުޑަކުދިންފަޅާ ބަކަރި މަރާލިކަން

  29. ޏމނ

    ޖަސްޓިސް ސާވްޑް. ރާޖޭގަ މަރުގެ އަދަބް ލިބެން ޖެހޭ އެތަ ބަޔަކު އެބަތިބި. ސ ހުޅުދޫ ފަރުހާދު ގެ ގާތިލު ފާހަގަ ކޮލަން