އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޣައްޒާ އަށް އިސްރާއީލްގެ ޖެޓްތަކުން ވަނީ ބޮން އަޅާފައެވެ. ބޮން އަޅާފައި ވަނީ ޣައްޒާގެ ގަޑިން ރޭ ފަތިހުގެ ވަގުތެއްގައެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު އެވެ.
އިސްރާއީލް އިން ވެސް ވަނީ ޣައްޒާ އަށް ހަަމަލާތަކެއް ދީފައި ވާނެ ކަމަށް ބުނެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ހަމަލާ ދިނީ "ޓެރަރިސްޓުންގެ އަމާޒުތަކަށެވެ." ހަމަލާ ދީފައި ވާނީ އިސްރާއީލްގެ ދެކުނުގައި އޮންނަ ބީރްޝެވާ އަވަށަށް ޣައްޒާ އިން ރޮކެޓް ހަމަލާތަކެއް ދިނުމުން ކަމަށް އިސްރާއީލުން ބުނެއެވެ.
ރޮކެޓް ހަމަލާތަކުގެ ސަބަބުން އެއަވަށުގެ ބައެއް އިމާރާތްތަކަށް ގެއްލުން ލިބުނު ކަމަށް އިސްރާއީލްގެ ފުލުހުންނާއި ހަވާލާދީ އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި ހަ މީހަކަށް ކުދިކުދި އަނިޔާތައް ވެގެން ފަރުވާ ވެސް ދީފައި ވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.
ޣައްޒާ އަށް އިސްރާއީލް އިން ދިން ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
އިސްރާއީލް އިން ޣައްޒާ އަށް ހަމަލާތަކެއް ދީފައި މިވަނީ ޣައްޒާ އަށް ހަމަލާ ދޭން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އިސްރާއީލްގެ އަނިޔާވެރި ޑިފެންސް މިނިސްޓަރު އެވިދޯރް ލިބަމަން ބުނިތާ 24 ގަޑިއިރު ފަހުންނެވެ.
އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ހަމަލާތަކެއް ދީފައި ވާއިރު ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ އިމުގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑި ޖެހުމުން މިދިޔަ މާޗް މަހުން ފެށިގެން މިހާތަނަށް 204 މީހުން ޝަހީދުވެ 20000 މީހުން ޒަހަމްވެފައި ވެއެވެ.
ކުދި ކުދި އަނިޔާއޭ ބުނެދާނެ ތަނެއް މަށައިގެން ދިޔަޔަސް. ތިބުނާ ރޮކެޓް ހަމަލާއަކީ އެކުދިން އެއްލި ގާކޮޅުތަކެއް ކަމަށްވެސް. އިމާރާތައް ލިބުނު ގެއްލުމަކީ ބިއްލޫރިގަނޑު ތަޅައިގެން ދިޔުން ކަމަށްވެސް.
ހެޔޮނުވާނެ އިސްރާއިލުންނެތް ނޫން!
ޔަހޫދީން ޔަހޫދީން ޔަހޫދީން ނެވެ.
ފަލަސްޠީނުގެ ބިން ފޭރިގަނެގެން އުޅޭ ޔަހޫދީން ހިންގާ ކޮއްމެ ޖަރީމާެއެއްގެ ޙަބަރު ނޫސްވެރިން ތިގެއްނަނީ އެބަޔާކާ އެއްވެސްގުޅުމެތް ނޫވާ އިސްރާއީލް މީހުންނޭ ކިޔައިގެންނެވެ!.
ހެޔޮވާނެތޯއެވެ؟.
ފަލަސްޠީނުގެ ބިން ފޭރިގަނެގެން އުޅޭ ޔަހޫދީންނާއި މުޙާތަބުކޮށް ޔަހޫދީންނޭ ބުނެ ޙަބަރު ފަތުރަން ނުކެރެއްޏާ ކަލޭމެން ހަނުތިބުންވެސް އެގޮތް ހެޔޮކަން މާބެޑުވާނެއެވެ.
އިޒްރޭލަކީ ރާއްޖޭގެ އެކުވެރިއެއް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި.
އެމްޑީޕީގެ ވެރިކަމުގައި އެންމެ ގުޅުން ބަދަހި ކުރި އެއް ގައުމު.