އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުގެ ސިޓީ އެއް ކަމަށްވާ އިލާހީއާބާދުގެ ނަން ބައްދަލުކޮށްފިއެވެ.

މުސްލިމުންގެ މައިނިއޮރިޓީއެއް އޮންނަ މި ސްޓޭޓަށް މިހާރު ކިޔަނީ ހިންދޫ ދީނަށް ނިސްބަތްވާ ނަމެއް ކަމަށްވާ ޕްރާޔަޖަރްޖެވެ. އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރް ލާލް ނެހެރޫ ނިސްބަތްވާ އިލާހީއާބާދު ސްޓޭޓްގައި 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު މީގެ ތެރެއިން 19 އިންސައްތަ އަކީ މުސްލިމުންނެވެ.

މި ސިޓީއަށް އިލާހީއާބާދްގެ ނަމުން ނަން ދީފައިވަނީ 16 ވަނަ ގަރުނުގައި އެތާނގައި ރަސްކަންކުރި މޫގަލް މުސްލިމުންނެވެ. މި ސިޓީ އޮންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި 650 ކިލޯ މީޓަރު ދުރުގައެވެ.

މި ސިޓިގެ ނަން ބަދަލުކުރިކަން އިއުލާނު ކޮށްފައިވަނީ އެގައުމުގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީއިންނެވެ. އެޕާޓީގެ ބުނި ގޮތުގައި މި ސިޓީގެ ނަން ބަދަލު ކޮށްފައިވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އެކަމަށް އެދުމުން ބޭއްވުނު ކެބިނެޓު ބައްދަލުވުމެއްގަ އެކަން ފާސް ކުރެވިގެންނެވެ.

އިލާހީއާބާދް ސިޓީގެ ނަން ވެރިކަން ކުރާ ބީޖޭޕީން ބަދަލުކޮއްފައިވާއިރު މި ސްޓޭޓްގެ ނަން ބަދަލުކުރީ އެއީ މުސްލިމް ނަމަކަށް ވާތީ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ބީޖޭޕީއިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް އައުމަށް ފަހު އެގައުމުގައުވަނީ މުސްލިމުނާއި ދެކޮޅަށް އުފެދޭ ނަފުރަތު ވަނީ ހައިރާން ކުރަނިވި ވަރަކަށް މަތިވެފައެވެ. ކަންމިހެން ހުރުމުގެ ސަބަބުން އެގައުމުގައި ވަނީ ދީނީ އަދި އެހެހެނިހެން ގޮތްގޮތުން ތަފާތު ކުރުމުގެ ރޫހެއް އުފެދިފައިއެވެ.

އިންޑިއާގެ ސަރުކާރުން މުސްލިމުނާއި މެދު ނަފްރަތު ކުރަމުން ދާއިރު އިންޑިއާގައި މުސްލިމުންނަށް ދެމުންގެންދާ ހަމަލާތަށް އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާއިފް

    ރަގަޅުތާއެވެ. އިންޑިޔާގައި 75 ޕަސެންޓް މީހުންނަކީ ނޮންމުސްލިމުންކަމަށްވާއިރު އެމީހުންގެ ވޯޓަކީ ބޮޑުވަޒީރަށް މުހިއްމު އެއްޗެކެވެ. މޯދީއަށް އެމީހުންގެ ވޯޓު ލިބޭނީ މުސްލިމުންނަށާއި އިސްލާމްދީނަށް ފުރައްސާރަކުރިވަރެއްގެ މައްޗަށެވެ.

  2. ސަލީމް

    ދެން އެދޭނީ މި ދިވެހިރާއްޖޭގެ ނަން ބަދަލުކުރަން ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުން. ދެން ޖެހޭނީ އެކަންވެސް ކުރަން.

  3. ޔަގީން

    އިލާހީ އާބާދީއެއް ނޫން. އިލާހް އާބާދު

  4. ޓަވަރު

    އަލާހް އާބާދު....އިލާހީ އާބާދެއް ނޫން