ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ މަރާލުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އޮފިޝަލަކު އޭނާ އާއި ސުވާލު ކުރި ކަމަށާއި އެސުވާލުތައް ކުރުމުގެ ތެރޭގައި ޚަޝޯގީގެ އިނގިލިތައް ވަކިވަކިން ބުރިކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޚަޝޯގީ މަރާލުމުގެ ކުރިން އޭނާގެ އިނގިލިތައް ބުރިކުރިކަމަށް ބުނަނީ ހާދިސާ ހިނގި އިރު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުންނެވެ. މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ އެރެކޯޑިން އަޑުއެހި ކަމަށް ބުނާ ތުރުކީގެ ތަޙްޤީޤީ އިދާރާތަކުގެ އޮފިޝަލުންނެވެ.

ޚަޝޯގީގެ މަރުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީ އަހްމަދު މުހައްމަދު ބިން ސަލްމާން ކަމަށް ހުޅަނގުގެ މީޑިއާ އިން ގެންދަނީ ތުހުމަތު ކުރަމުންނެވެ. މިއަދު ހުޅަނގުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޚަޝޯގީ ގެއްލުނު ދުވަހު ތުރުކީ އަށް ގޮސް ސައުދީ ކޮންސިއުލޭޓަށް ވަން ސައުދީގެ އޮފިޝަލުންގެ ތެރޭގައި މުހައްމަދުގެ އެންމެ ގާތް އެކަކު ކަމަށްވާ މާހިރު އަބްދުލްއަޒީލް މުތުރަބް ހިމެނެއެވެ.

މާހިރު އަކީ ވަލީއަހްދު މުހައްމަދުގެ ބޮޑީގާޑެއްގެ ގޮތުގައި މީގެ ކުރިން ވަރަށް ގިނަ ގައުމުތަކަށް ޒިއާރަތް ކޮށްފައިވާ މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެތެރޭގައި ވަލީއަހްދު ޕެރިހާއި، މެޑްރިޑް އަދި އެމެރިކާ އަށް ކުރި ދަތުރުތައް ވެސް ހިމެނެއެވެ.

މާހިރުގެ އިތުރުން ކޮންސިއުލޭޓަށް ވަން ސައުދީގެ އޮފިޝަލުންގެ ތެރޭގައި ފޮރެންސިކް މެޑިސިންގެ ދާއިރާ އިން އޮސްޓްރޭލިއާގައި ތައުލީމް ހާސިލް ކޮށްފައިވާ ސަލާހް އަލް-ތުބައިގީ ވެސް ހިމެނޭ ކަމަށް އިނގިރޭސިވިލާތުގެ "ސަން" އިން ރިޕޯޓް ކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޚަޝޯގީގެ ހަށިގަނޑު ނައްތާލާފައި ވަނީ ސަލާހް އެވެ. އޭނާ އެކަން ކޮށްފައި ވަނީ އެސިޑެއް ބޭނުން ކޮށްގެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޚަޝޯގީގެ މަރުގެ ފަހަތުގައި އޮތީ ސައުދީ އަރަބިއްޔާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔަ ނަމަވެސް ސައުދީ އަރަބިއްޔާ އިން އެތުހުމަތުތައް ދޮގު ކުރެއެވެ. ސައުދީ އަރަބިއްޔާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ޚަޝޯގީ އަށް ވީގޮތެއް ސައުދީ އަރަބިއްޔާ އަށް ވެސް ނޭނގޭ ކަމަށެވެ.

ޚަޝޯގީ އަށް ވީގޮތެއް ބަލަން ސައުދީ އަރަބިއްޔާ އިން ވެސް މިހާރު ވަނީ ތަޙްޤީޤެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މުފީދު

  އޯ! މޮޅު. މުސްލިމުންނާ މުސްލިމުންނާ ޖައްސަން އުޅޭ ގޮތަކަށް ތިވާހަކަތަށް ތިހުރީ. ކީއްކުރާނީ އެކަމަކު، ހުޅަނގުން އެ ދަމާ ގުއިރޯނުތަކުގަ ނުޖެހޭ ޤައުމެއްނެތޭ. ހިތާމަހުރި

  • ާ××
 2. ނަޖްވާ

  ތި އެމްބީއެސް އަކީ ރާއްޖޭގަ އުފެދުނު ބުރޯ ކަހަލަ މޮޔަ ގޮލަޔެއް!

 3. ސަލްމާ ޢާރިފް

  އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ވެރިކަމުގަ ހުންނަވާނީ.

 4. އަހުމަދު

  އައިއެސް ހަރުކައްޓޭ މަޑުކަށްޓޭ ކިޔާފަ އެންމެންފުންމާލަން އެނގުނު ސީރިޔާއަށް.......؟

 5. ްްްދދދ

  ނޯޔާމީން ވެރިކަންމަށް ސަލާމް