ފްރާންސްގެ ފުލުހުންތަކަކަށް އެޕާޓްމެންޓަކުން ފެނުނު މީގެ 10 އަހަރު ކުރިން މަރުވި މީހެއްގެ ހަށިގަނޑެވެ. މިއީ އާއްމުކޮށް ދިމާވާ ކަމެއް ނޫންކަމުން ފުލުހުންނަށްވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނިގޮތުގައި، ފުލުހުންނަށް އެ މީހާގެ ހަށިގަނޑު ފެނުނީ، އެ އެޕާޓްމެންޓް ސާފު ކުރަން ިދިޔަ އާއިލާގެ މީހަކަށް ކަމަށެވެ. އަދި އެކަން އެނގުނީ. އެގޭގައި ދިރިއުޅެމުންދާ މީހަކު މަރުވިތާ ތިން ދުވަސް ފަހުންނެވެ.

މިކަން ފުލުހުންގެ ސަމާލުަކަަށް އައިސްފައި ވަނީ މިދިޔަ މަސް ތެރޭގައެވެ. ފުލުހުން ބުނީ، އެ މީހާގެ ހަށިގަނޑު ފެނުނުތާ ތިން ދުވަސް ކުރިން މަރުވެފައި ވަނީ 79 އަހަރުގެ މީހެއް ކަމަށެވެ. އަދި މީގެ 10 އަހަރު ކުރިން މަރުވި މީހާގެ ހަށިގަނޑު އޮތީ ކަފުންކޮށްފައިކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ތިން ދުވަސް ކުރިން މަރުވީ، މީގެ 10 އަހަރު ކުރިން މަރުވި މީހާގެ ދަރިފުޅު ކަމަށެވެ. ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްފައި ވަނީ ތިން ދުވަސް ކުރިން މަރުވި މީހާގެ އާއިލާ މީހަކު، އެެ އެޕާޓްމެންޓް ސާފް ކުރުމަށް އެގެއަށް ގޮސް އުޅުމުގެ ތެރޭގައެވެ.

އަދި އެ މީހާގެ ހަށިގަނޑު ފެނުނީ ބެޑްޝީޓެއްގެ ދަށުގައި އޮއްވާކަމަށްވެސް ވެއެވެ.

ފުލުހުން ބެލި ބެލުމުން އެނގުނުގޮތުގައި، ދެ މީހުންވެސް މަރުވެފައި ވަނީ ގުދުރަތީ މަރަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ???

    ނޭގުނު އެއްގޮތައްކަށްވެސް!!!!