އަސްކަރީ މަތިންދާ ބޯޓެއް ފްލޮރިޑާގެ އިރުދެކުނު އައްސޭރީގެ އަވަށެއް ކަމަށްވާ ޖުޕިޓާގެ ވައިގެ ސަރަޙައްދުން އާދަޔާއި ޚިލާފަށް ތިރިން ދަތުރުކުރުމުން ގިނަބަޔަކު ކަންބޮޑުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ހިނގި މި ހާދިސާގައި، އެ އަވަށުގެ މަތިން ދަތުރުކުރީ ކޮން ފްލައިޓެއް ކަމެއް ކަމާއި ބެހޭ އިދާރާތަކުން އަދި ހާމަކޮށްފައި ނުވާއިރު، ނޫސްތަކަށް މަޢުލޫމާތު ދެމުން އޮފިޝަލުން ކުރިން ބުނެފައި ވަނީ ބޯޓުގެ މަޢުލޫމާތު އަދި ލިބިފައި ނުވާ ކަމަށާއި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، މި އަސްކަރީ މަތިންދާ ބޯޓު ޖުޕިޓާގެ ވައިގެ ސަރަޙައްދުން އާދަޔާއި ޚިލާފަށް ތިރިން ދަތުރުކުރިނަމަވެސް އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެ ހާދިސާ ހިނގި ވަގުތު ގިނަ ބަޔަކު ކަންބޮޑުވެ ކަމާއި ބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ވަގުތު، މަންޒަރު ދުށް ފަރާތްތަކުން ފޮޓޯ އާއި ވީޑިއޯ ނަގާފައިވާއިރު، ވީޑިއޯ އިން ފެންނަނީ އެ ބޯޓު އާދަޔާއި ޚިލާފަށް ތިރިން ދަތުރުކޮށް އެ ސަރަޙައްދުގައި އެނބުރިފައިދާ މަންޒަރެވެ. މި މަންޒަރުތައް މިހާރު މީސްމީޑިއާގައި ދައުރުވެ އެތައް ބައެއްގެ ސަމާލުކަން ހާދިސާއަށް ވަނީ ހުއްޓިފައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން (އެފްއެފްއޭ) ގެ ނޯތް އެމެރިކަން އެއިރޯސްޕޭސް ޑިފެންސް ކޮމާންޑުގެ އޮފިޝަލުން މިކަމާއި ގުޅިގެން ބުނީ، އަދި ހާދިސާގެ ތަހުޤީޤަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އަދި އެ ބޯޓު ތިރިން ދުއްވާފައި ދިޔައީ ކޮން ސަބަބަކާއި ހުރެ ކަމެއްވެސް އެނގިފައިނުވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ނަމަވެސް ގިނަބަޔަކު ތުހުމަތުކުރާގޮތުގައި މިއީ އެމެރިކާގެ އަސްކަރިއްޔާއިން ހިނގި ސިއްރު އޮޕަރޭޝަނެއްގެ ތެރެއިން ހިނގާދިޔަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބާނިޔޫސޭ

    ތިޔަ ޙާދިޘާގެ ހަގީގަތް އެނގޭނީ އެއަރފޯސްތަކާ ބެހޭ ދުނިޔޭގެ މައިޖަމިއްޔާގެ ރައީސް އަލްމުޙްތަރަމް މުޞްޠަފާ އަލްލަނޑާ ބިން ތިމަރަ ފުށްޓަށެވެ.

    • އޭލިއަން މޭން
  2. ބޮޑުގަމާރު

    ފުރަތަމަ ސުރުޚީ ކިޔާފަ މަހީކުރީ މުސްތަފާބެއްޔާ އާއި ޖަމީލުއާ އެންމެންވެގެން ރާއްޖެއަށް ބޮންއަޅަން ގެނައި ޖެޓެއްގެ ވާހަކަކަމަށް

  3. Anonymous
  4. މުސޯ

    ހެހެ އެ ބޯޓް ވައްތަރު މުސްބެއްޔާ އާ ދޯ؟ ލޮލް

  5. ތަކުތު

    މަހީކުރީ ތިމަތަފުށީ ވާންޗޯ ބުނެގެން އައި ބޯޓެއް ކަމައް.....

  6. ފަހި

    އީ.ސީ ސޮރުން ފުޮނުވި ބޯޓެެެއް