ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަމުރަކަށް 2014 ވަނަ އަހަރު ފަސިންޖަރުން ފުރާ ތިބި ފްލައިޓެއް ވައްޓާލަން ރަޝިޔާގެ އުޅުނުކަމަށް ޑޮކިއުމެންޓަރީ އަކުން ހާމަ ވެއްޖެއެވެ.

"ޕުޓިން" ނަމަކަށްކިޔާ މި ޑޮކިއުމެންޓަރީގައި ވަނީ 2014 ވަނަ އަހަރު ޔުކްރެއިންގެ ކާރކިވް އިން ފުރައިގެން ތުރުކީގެ އިސްތަންބޫލްއަށް ދަތުރުކުރަމުންދިޔަ ޕެގަސަސް އެއާރލައިންސްގެ މަތިންދާބޯޓެއްގައި އިން ފަސެންޖަރަކު ބޮމުގެ ހަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރު ލިބުނުކަމަށް ކިޔައިދީފައެވެ.

ޕުޓިން އަށް އެ މައުލޫމާތު ފޯނު ކޯލަކުން ލިބުނުއިރު އޭނާ ދިޔައީ 2014 ވަނަ އަހަރު ރަޝިޔާގެ ސޯޗީގައި އޮތް ވިންޓާރ އޮލިމްޕިކްސްގެ ހުޅުވާ ރަސްމިއްޔާތަށްޓަކައި ތައްޔާރުވަމުންނެވެ. ޕުޓިން އަށް ލިބުނު މި ފޯން ކޯލްގައި މަތިންދާބޯޓުގައި ބޮމުގެ ހަމަލާދޭން އުޅުނު ފަސެންޖަރު ރަޝިޔާގެ ސޯޗީއަށް މަތިންދާބޯޓު ޖެއްސުމަށް އަމުރުކުރަމުންދިޔަކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ޕުޓިން ވަނީ ވަގުތުން މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އޮންނަ އުސޫލުތަކަށް އަމަލުކުރުމަށް އަސްކަރިއްޔާއަށް އަމުރުކޮށްފައެވެ. މިފަދަ ހާލަތެއްގައި އަމަލުކުރަން އޮންނަ ގޮތަކީ ފްލައިޓް ވައްޓާލުންކަމުގައި އަސްކަރިއްޔާއިން ޕުޓިންއަށް މައުލޫމާތު ދިނުމުން ޕުޓިން ވަނީ އެގޮތަށް އަމަލުކުރުމަށް އަމުރުކޮށްފައެވެ.

ޕުޓިން އަށް އޭގެ މަދު މިނެޓްކޮޅެއް ފަހުން އަނެއްކާވެސް ފޯނު ކޯލެއް ލިބުނުއިރު މިފަހަރުގެ ފޯން ކޯލުގައި ވަނީ މަތިންދާބޯޓުގައި އިން ފަސެންޖަރުގެ އަތުގައި ބޮމެއް ނެތްކަމަށާއި އަދި އެމީހާ އެގޮތަށް އަމަލުކުރަމުންދިޔައީ މަސްތުގެ ހާލުގައި އިނުމުން ކަމަށް މައުލޫމާތު ދީފައެވެ. ޕުޓިން މި މަތިންދާބޯޓު ވައްޓާލުމަށް އަމުރުކުރި އިރު އެ މަތިންދާބޯޓުން ދިޔައީ މުޅިއަކު 110 މީހުން ދަތުރުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    ޕުޓިންގެ ނަމްބަރު ހާދަ ބޮޑު ގުޅައޭދޯ.

  2. ޖިންނި

    ހުސް ފޭކް