ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި މަރުވެފައިވާކަން ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފިއެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައިކަން ސައުދީގެ ރަސްމީ މީޑީއާއިން ކަށަވަރުކޮށްދީފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ސައުދީ ސަރުކާރު އިން ބުނީ ކޮންސިއުލޭޓްގައި ތިބި ބަޔަކާއި ޚަޝޯގީއާއި ދެމެދު ދެބަސްވުންތަކެއް ހިނގާ ތަޅާފޮޅުމެއް ހިނގިކަމަށާއި، ގޮއްމުށުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވާއިރު ޚަޝޯގީ މަރުވެފައިވަނީ މި ތަޅާފޮޅުންތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސައުދީގެ ނޫސްވެރިއާ ޚަޝޯގީ ގެއްލުމާއި އެކު މީޑިއާތަކުން ދަނީ އެކަމުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުހައްމަދު މީޑިއާގައި ވިދާޅުވި ޚަޝޯގީ އަށް ވީގޮތެއް އޭނާ އަކަށް ވެސް ނޭނގެއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޚަޝޯގީ ގެއްލުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމަށް ތުރުކީ ފުލުހުން ކުރަމުންދާ މަސައްކަތައް ކުރިއެރުން ލިބެމުން އަންނަ ކަމަށް ތުރުކީ ފުލުހުން ބުނެއެވެ. ނަމަވެސް ތަޙްޤީޤާއި ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޫދީސް

    ހަޝޯގީ އަކީ ކަރާޓީތަޅާމީހެއްދޯ.. ކޮންސިއުލޭޓައްވަދެ އެތާތިބި މީހުންނާއި ކަރާޓީތަޅައިގެން މަރާލެވެން....

    • ނާއި

      އެެހެންތަ އެވީ. ދެއުޅި އެއްނުވާ ވާހަކަ ދައްކަން ސަޢުުދީގެ ވެރިން ލަދުވެސް ނުގަނެ.

    • ވަހީދު

      އޭނައަކީ އެމެރިކާއަށް ޢަރަބީންގެ މައުލޫމާތު ފޯރުކޮށްދޭ އޭޖެންޓެއް. ފާއިތުވި 30 އަހަރު އޭނަ މަސައްކަތްކޮށްފައި ވަނީ އެގޮތުގައި. އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓްގެ ނޫސްވެރިއެއް ކަމަށް ހެދިގެން އުޅޭނީ. ޢަރަބި މީޑިއާތަކަށް އަރައި ވަރަށް ފިތުނަ އުފައްދާ މީހެއް.

  2. މޮދީ

    ބަރު ހަތިޔާރާއެކު ފަލަސްތީނުގެ އަވަށްތަކަށް ވަދެ މައުސޫމު އެތައް ބައެއް މަރާ ޗިސްކުރަމުން ދާއިރު އިސްރާއީލްގެ ވާހަކަ ނުދައްކާ އަދި އެއްވެސް ފިޔަވަޅެއް ނާޅާ މިއުޅެނީ ކީއްވެބާ؟ މިއީ ދުނިޔޭގެ އިންސާފު އޮންނަގޮތް. ބޮޑުއެތި ކުޑައެތި ކާލާ އުޞޫލު

  3. ހޭލާ

    މީސްމީހުނަށް އަނިޔާ ކުރުން ހުއްޓާލާ