ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓުގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މިނިވަން ތަހުގީގެއް ކުރަން އދ އިން ގޮވާލައިފިއެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ މި މައްސަލަ ދެފުށްފެންނަ ގޮތަށް ތަހުގީގު ކުރަން ޖެހޭކަމަށާއި އެކަން ކުރުމަށް ސައުދީ ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.

"ޚަޝޯގީގެ މަރަށް އިންސާފު ލިބެންޖެހޭ ޚަޝޯގީ ވަނީ މަރާލާފައިކަމަށް ސައުދީން އެއްބަސްވާއިރު އެމަރާލުމުގައި ބައިވެރިވި މީހުންގެ ނަންތައްވެސް ހާމަކުރަންޖެހޭނެ" އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް މިމަހު 2 ވަނަ ދުވަހު ވަން ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގައިކަން ސައުދީގެ ރަސްމީ މީޑީއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސައުދީ ސަރުކާރުން ބުނާ ގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ސައުދީގެ 18 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ ސަރުކާރުގެ އިސް ފަސް ފަރާތެއްވެސް ވަނީ މިހާރު މަގާމުން ވަކިކޮށްފައެވެ.

މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.

ސައުދީ ސަރުކާރު އިން ބުނީ ކޮންސިއުލޭޓްގައި ތިބި ބަޔަކާއި ޚަޝޯގީއާއި ދެމެދު ދެބަސްވުންތަކެއް ހިނގާ ތަޅާފޮޅުމެއް ހިނގިކަމަށާއި، ގޮއްމުށުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައިވާއިރު ޚަޝޯގީ މަރުވެފައިވަނީ މި ތަޅާފޮޅުންތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ޚަޝޯގީގެ ހަށިގަނޑު ވީތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސައުދީގެ ނޫސްވެރިއާ ޚަޝޯގީ ގެއްލުމާއި އެކު މީޑިއާތަކުން ދަނީ އެކަމުގެ ފަހަތުގައި ހުރީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް މުހައްމަދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުހައްމަދު މީޑިއާގައި ވިދާޅުވި ޚަޝޯގީ އަށް ވީގޮތެއް އޭނާ އަކަށް ވެސް ނޭނގެއެވެ. މައްސަލައިގެ ތަޙްޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.