އަޅުކަން ކުރަން ރުވާންޑާގެ ފައްޅިއެއްގައި ތިއްބައި ހޮނުއެޅުމުން 16 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އެތަށް ބަޔަކު ޖަމާވެފައި ވަނިކޮށް ހޮނު އެޅުމުގެ ސަބަބުން ގިނަ ބަޔަކު ވަގުތުން މަރުވި އިރު 140 އަށް ވުރެން ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުތަކުގަައި ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ތިން މީހެއްގެ ހާލު އަދިވެސް ސީރިއަސް އެވެ.
ފައްޅި އަށް އިއްޔެ މެންދުރު ހޮނުއެޅި އިރު ގިނަ ބަޔަކު ވަނީ އެތަނަށް ޖަމާވެފަ އެވެ. އެ ސަރަހައްދުން ހުކުރު ދުވަހު ވެސް ވަނީ ހޮނުއެޅުމުން 18 އަހަރުގެ ދަރިވަރަކު މަރުވެފަ އެވެ.
ހުކުރު ދުވަހު ހޮނުއެޅުމުން ޒަޚަމްވި ތިން ކުއްޖަކަށް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ. ހޮނު އެޅި ފައްޅީގައި ވެސް ލައިޓްނިން ރޮޑް ހަރުކޮށްފައި ނުވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފައިވެ އެވެ.
މީގެ ދުވަސް ތަކެއް ކުރިން ބޭރަށް މާ އަޑުގަދަވުމުގެ ސަބަބުން ރުވާންޑާގެ 700 އަށް ވުރެ ގިނަ ފައްޅި ވަނީ ބަންދުކޮށްފަ އެވެ.
2006 ވަނަ އަހަރު ރުވާންޑާގެ ނަސޯރާއިންގެ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 25 މީހުން މަރާލައިފައެވެ. މި ހަމަލާގައި އަޅުކަންކުރަން ތިބި 7 މީހަކު މަރުވިކަމަށާއި މަދުވެގެން 20 މީހަކު ޒަޚަމްވެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އަދި ހަމަލާދިން ވަގުތު ފައްޅީގައި ގާތްގަނޑަކަށް 400 މީހުން އަޅުކަންކުރަން ތިބިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކިހިނެއް ލިޔާ ލިއުންތަ ތީ؟ އަޅެ ކޮންދީނެއްގެ ބައެއްކަމެއް ނޭނގުނު! ސާބަހޭ!
މިކަމުން އަހަރެމެން ދިރިތިބީން އެބަ ޢިބުރަތް ޙާޞިލްކުރަންޖެހޭ. މާތް ﷲއަށް ޝަރީކުކުރުންމަތީ ދެމިތިއްބާ އެތިބަ ނިމިގެންދަނީ ކޮންފަދަ ބިރުވެރިގޮތަކަށްތޯ؟ މި ޤައުމުގަި އުޅޭ ބިދޭސީންގެ ތެރެއިން ޣައިރު މުސްލިމުންނަށް އިސްލާމްދީނާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވަދީ އެމީހުންނަށްވެސް ތެދުމަގު ދެއްކޭތޯ އަޅުގަނޑުނޑުމެން މަސައްކަތްކުރަންވީ.
///
ސުރުހީ އާއި ނުގުޅޭ މައުލޫމާތު ހުރިކަން ފާހަގަވޭ. ބޮމަކާ ހޮނުއެޅުމާ އެއްގޮތެއް ނޫނެއްނު؟
މި ލިޔުން މީހާގެ މަގުސަދު ވ ސާފު. ކަލޭމެން ހާދަ މަސައްކތެކޭ ދޯ ތިކުރަނީ މީހުން މަގު ފުރައްދަން