ފާއިތުވި އެއްގަޑިއިރު ތެރޭގައި ކެނެޑާ އަށް ބާރުގަދަ ތިން ބިންހެލުން އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ފުރަތަމަ ބިންހެލުން އައިސްފައި ވަނީ 6.6 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ދެވަނަ ބިންހެލުން އައިސްފައި ވަނީ 6.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ބާރުގަދަ ތިންވަނަ ބިންހެލުން އައިސްފައި ވަނީ 6.5 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

މީގެ އިތުރުން 3.9 މެގްނެޓިއުޑާއި 4.9 މެގްނެޓިއުޑްގެ ބިންހެލުމެއް ވެސް ފާއިތުވި އެއްގަޑިއިރު ތެރޭގައި އައިސްފައިވެއެވެ.

މިހުރިހާ ބިންހެލުމެއް ވެސް އައިސްފައި ވަނީ ކެނެޑާގެ ޕޯޓް ހާޑީ ސަރަހައްދަށެވެ.

ބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ބިންހެލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބަޔަކު ތިކަމާވަރަށް ދެރަވެހިތާމަކުރާނެ.

  2. ނައިރާ

    ރާއްޖެއިން ފެނުނު އާދަޔާ ޚިލާފު ބޮޑު މަހާއި މިކަމާތާ މި ގުޅުނީ.