ޕެސިފިކް ކަނޑުގައި އުފެދިފައިވާ "ވިލާ" ގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން ކެޓެގެރީ 5 ގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ކެޓެގެރީ 5 އަކީ ތޫފާންތަކުގެ ބާރުމިން މިނާ މިންގަނޑުން އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި މިންގަނޑެވެ. މި ތޫފާން އިތުރަށް ބާރުގަދަވެ މިއަދުގެ މަގުތެއްގައ މެކްސިކޯގެ އައްސޭރިފަށަށް އަރާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ މި ތޫފާނުގައި ގަޑިއަކު 160 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ބިޔަ ރާޅު ތަކެއް ތޫފާނުގެ ސަބަބުން މެކްސިކޯގެ އައްސޭރިފަށުގައި ވަނީ އުފެދިފައި ކަމަަށެވެ.

ބާރުގަދަ މި ތޫފާނަށް މެކްސިކޯ ތައްޔާރުވަމުންދާއިރު އެގައުމުގެ ސިފައިން ވަނީ ކުއްލި ހާލަތަށް ގެނެސްފައެެވެ. ތޫފާން "ވިލާ" ގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި ވައިގަދަވުމާއި ފެންބޮޑުވާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. ގަދަ ވަޔާއި ވާރެއާއެކު އައި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ.

މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ ތޫފާން މެކްސިކޯ އަށް އެރީ 2015 ވަނަ އަހަރުއެވެ. ހަރިކޭން ޕެޓްރީސިއާގެ ނަންދީފައިވާ ތޫފާނު މެކްސިކޯގެ އައްސޭރިފަށަށް އެރީ ގަޑިއަކު 305 ކިލޯ މީޓަރު ބާރުމިނުގައެވެ.

އެ ތޫފާންގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ތަފާތު ގިނަ ހާދިސާތައް ހިނގިއެވެ. ދުނިޔޭގެ މިޓިއޮރޮލިޖަކަލް އޯގަނައިޒޭޝަނުން ބުނީ އެއީ 2013 ވަނަ އަހަރު ފިލިޕީންސް އަށް އެރި ތޫފާން ހައްޔާން ހާ ބާރުގަދަ ތޫފާނެއް ކަމަށެވެ.

އާންމުގޮތެއްގައި ހުޅަނގު އުތުރު ޕެސިފިކް ސަރަހައްދުގައި ހަރިކޭން އަށް ކިޔަނީ ޓައިފޫން އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންކަލޯ

    މިރާއްޖެއަށްވެސް މިހާރު ތޫފާން ވިލާގެ ބަލާވެރިކަން ޖެހިފައި އޮތީ.

  2. ކޭޓީ

    އިރާދަކުރެއްވިއްޔާ މިގައުމަށް އެފަދަ ތޫފާނެއް ނާރާށިއެވެ. އާމީން.

  3. ދޮންބެ

    އެއް ޚަބަރެއްގައި ވައި ޖެހޭ ވަރު މޭލުން އަދި ކިލޯ މީޓަރުން ގެނެސް ދިނުމަކީ ކިޔާމީހުންނަށް ކޮމްޕެއަރ ކުރަން އުނދަގޫ ވާނެ ކަމެއް ކަމެއް ކަމަށް ފެނެއެވެ.