ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ މަރާލީ ދުރާލާ ރާވައިގެން ކަމަށް ތުރުކީން ބުނެފިއެވެ.
ނޫސްވެރިޔާ މަރާލި ގޮތް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިހާރު ގެންދަވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހާމަކުރައްވަމުންނެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ހާޝޮގީ ވަނުމުގެ ކުރިން، 15 މީހުންގެ ގްރޫޕެއް އެތަނަށް ވަދެފައިވާ ކަމަށެވެ. އަދި އެތަނުން ހާޝޮގީ ނުނިކުމެ ގިނަ ވަގުތުތަކެއް ވާތީ ކޮންސިއުލޭޓުގެ ބޭރުގައި ހުރި ހާޝޮގީގެ ލޯބިވެރިޔާ އެކަން ތުރުކީގެ ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އެއާއެކު ސީސީޓީވީ ފުޓޭޖުތަކުގެ އެހީގައި ތަހުގީގު ވަގުތުން ފެށުނު ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.
ހާޝޮގީ މަރުވެފައިވަނީ ކޮންސިއުލޭޓުގެ ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިން ކަމަށް ސައުދީން ބުނެފައިވީ ނަމަވެސް އުރުދުޣާން ވަނީ އެކަން ދޮގުކުރައްވާފައެވެ. އެގޮތުން އުރުދުޣާން ވިދާޅުވީ މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި، މިފަދަ ކަމެއް ކުރުމަށް ރާވާ އަދި އެކަމުގެ ހަގީގަތް ފޮރުވުމަކީ ވެސް އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ.
"މިއީ އެކްސިޑެންޓަކުން ދިމާވި ކަމެއް ނޫންކަން ސާބިތުވާ ބާރުގަދަ ހެކިތަކެއް އަހަރުމެންގެ އަތުގައި އެބަހުރި. މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް" ތުރުކީގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އުރުދުޣާން ވަނީ ސައުދީ ކޮންސިއުލޭޓު ބަލާ ފާސްކުރުމުގެ ހުއްދަ ތުރުކީގެ ކަމާބެހޭ ފަރާތްތަކަށް ސައުދީން ދިނީ މީޑިޔާގެ ސަމާލުކަމަށް މިކަން އައުމުން ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކަމުގައި ޝާމިލުވާ އެންމެންގެ ނަންތައް ހާމަކުރުމަށް ވެސް އުރުދުޣާން ވަނީ ސައުދީ އަށް ގޮވާލާފައެވެ.
"އިންޓެލިޖެންސް ކޮމިއުނިޓީގެ މަދު މެމްބަރުންތަކެއްގެ ބޮލަށް މިކަން ޖަހާލުމަކުން، އަހަރުމެން ވެސް އަދި ބައިނަލަގްވާމީ މުޖުތަމައު ވެސް ހިތްހަމައެއް ނުޖެހޭނެ. އެންމެންނަށް ވެސް ހަމަޖެހުން ލިބިގެންދާނީ މިކަމުގައި ބައިވެރިވި އެންމެންނަށް އަދަބު ދެވުނީމަ" އުރުދުޣާން ވިދާޅުވިއެވެ.
މީގެއިތުރުން އުރުގުޣާން ވަނީ މަރާލާފައިވާ މީހެއްގެ ހަށިގަނޑު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އެކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ. ސައުދީން ވެސް މިހާތަނަށް ހާޝޮގީގެ ހަށިގަނޑު ވީތަނެއް ހާމަކޮށްފައެއް ނުވެއެވެ.
ނޫސްވެރިޔާގެ މަރާއި ގުޅިގެން ސައުދީން ވަނީ 18 މީހަކު ހައްޔަރުކޮށް، ސަރުކާރުގެ ބައެއް އިސް ފަރާތްތައް މަގާމުން ވެސް ވަކި ކޮށްފައެވެ. މަގާމުން ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސައުދީގެ ވަލީއަހުދު ފްރިންސް މުހައްމަދު ބިން ސަލްމާންގެ އެޑްވައިޒާ ސައުދް އަލް ޤަހްތާނީއާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހްމަދު އަލް އަސީރީ ހިމެނެއެވެ.
ދިވެހި ސަރުކާރު މިއޮތީ ސައުދީ އާ އެކު.
ތިކަމުގައިބ ބައިވެރިވި މީހުން އިނގޭނީ ޝެއިހް އިލްޔާސް އަށައި އިޔާޒައް
މިކަމުގެ ސަބަބުން ސަޢދީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ފިއްޔާ ތެލުގެ އަގު އުފުލި ގައުމުތަކުގެ ހިންގުމުގެ ދުވެލި ހުރިހާ ގޮތަކުން މަޑުޖެހޭނެ ސަބަބަކީ ސަޢުދީ އަކީ ެެންމެ ހިނައިން ތެޔޮ އުފައްދާ އަދި އެކޮސް ޕޯޓް ކުރާގައުމު ވީމަ މިކަމުގެ ގެއްލުން ފުރަތަމަ ކުރާނީ އެމެރިކާ އަށް އެހެންވީމަ ޓްރަމްޕް ބިރުގަތީ އަދި މަރާލެވުނު މީހާއާއި ބެހޭގޮތުން ޓްރަމްޕް ހައްޕު ކިޔާތީ ރިޝްވަތުގެ ގޮތުގަ މިދަނޑިވަޅު 100 މިލިއަން ޑޮލަރު ޓްރަމްޕައްދިނީ މީ ހަމަ ހަގީގަތް
ތިއެއް ނޫން ހަގީގަތަކީ، އެމެރިކާއަށް އިމްޕޯޓު ކުރާ ތެލަކީ ގާތްގަޑަކަށް އެގައުމުގައި ތެޔޮ ބޭނުންކުރާ އަދަދުގެ 19%. ނަމަވެސް ސައުދީއާއެކު 110 ބިލިޔަން ޑޮލަރުގެ ހަތިޔާރުގެ ޑީލްއެއް އެމެރިކާއިން ހަދާފައިވުން ހަގީގަތަކީ. 100މިލިޔަނުގެ ރިޝްވަތެއް އެމީހުނަށް ނުވާނެ އެކައްޗަކަށްވެސް. ޓްރަމްޕަކީ މިހާރުވެސް ބިލިޔަނަރެއް.