މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންނާ މެދު ހިންގި ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން މިޔަންމާގެ އަސްކަރި ފަސް ޖެނެރަލަކަށް އޮސްޓްރޭލިޔާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އޮސްޓްރޭލިޔާއިން ވަނީ ފަސް ޖެނެރަލުންގެ މުދަލާއި ފައިސާތައް ހިފަހައްޓާނެ ކަން އިއުލާންކޮށްފައެވެ. އޮސްޓްރޭލިޔާއިން ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ރޮހިންޖާ މުސްލިމުންނާއި މެދު އެންމެ އަނިޔާވެރި އަމަލުތައް ހިންގި އަސްކަރީ ގުރޫޕަށް ކޮމާންޑު ކުރި ލެފްޓިނެންޓް ޖެނެރަލް ވެސް ހިމެނެއެވެ.

އޮސްޓުރޭލިޔާ އިން މިޔަންމާގެ އިސްވެރިނަށް ފިޔަވަޅު އެޅިއިރު އީޔޫއިން ވެސް ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އިންސާނިއްޔަތާ ޚިލާފް އަމުތަށް އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާފައިވާ ޖަރީމާތަކުގެ ތެރޭގައި މީހުން ހައްގަކާނުލައި މެރުމާއި، ޖިންސީ އަނިޔާކުރުމާއި، ރޮހިންޖާ މީހުންގެ ގެދޮރާއި، އިމާރާތްތައް އެންދުން ހިމެނޭއެވެ.

އީޔޫއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕްގެ އެއްވެސް ގައުމަކަށް ނުދެވޭގޮތް ހެދުމާއި، އަދި އީޔޫގެ ގައުމުތަކުގައި ހުރި އެމީހުންގެ މިލްކިއްޔާތުތައް ގަނޑުކުރުން ހިމެނެއެވެ. މިޔަންމާގެ ސަލާމަތީ ބާރުތަކުގެ އިސް ހަތް އޮފިސަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާގުޅޭ ގަރާރު ހުށަހެޅީ، އިނގިރޭސިވިލާތުންނެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ، އީޔޫއިން އެޅި ފިޔަވަޅުން، ރޮހިންޖާ މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމުގައި އަސްކަރިއްޔާގައި އިސްކޮށް އުޅޭ މީހުންނަށް މިދިނީ އިންޒާރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ވާނެހަތަރެއްޗެއް ވީމާތަ އެނގެނީ ފިޔަވަޅު އަޅަން......؟؟؟

  2. އަބޫބަކުރު

    ދުވަސްކޮޅަކުން މިރާއްޖެވެސް ވާނީ ތިޔަހެން. މި ބަންގާޅިންތަށް ބޭރރއްނުކުރެވޭނެ ދެނެއް. ބޭރުކުރަން އުޅެފިއްޔާ ހަމަ ތިހެންވާނީ. ގައުމުގެ ވެރިން ވިސްނަނީ
    ކެވޭތޯ. ގައުމު ބަންގާޅިންއަތަށް ދަނީ