ފްރާންސްގައި މޫނު ބުރުގާ އެޅުމަކީ މަނާ ކަމެއް ކަމުގައި ޤާނޫނީ ގޮތުން ކަނޑައެޅުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށާއި އެއީ ލާ އިންސާނީ އަމަލެއް ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކަނޑައަޅައިފިއެވެ.

ފްރާންސްގައި މޫނު ބުުރުގާ އެޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި އޮތް އޮތުމާއި މޫނު ބުުރުގާ އަޅައިފިނަމަ ޖޫރިމަނާ ކުރާ ގޮތަށް ޤާނޫނުގައި އޮތް އޮތުމަކީ ލާއިންސާނީ އަމަލެއް ކަމަށް ކަނޑައަޅާފައިވަނީ ޔޫއެންގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުންނެވެ. މި މަޖިލީހުން ބުނެފައިވަނީ މިމައްސަލައިގައި 180 ދުވަހުގެ ތެރޭގައި ފްރާންސްއިން ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި އަދި ނިންމާ ގޮތް އެ މަޖިލީހާއި ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.

މިމައްސަލަ ބަލާފައިވަނީ ޔޫއެންގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 18 މެންބަރުންގެ މައްޗަށް ހިމެނޭ ވަފްދަކުންނެވެ. އަދި މިމައްސަލަ ބެލި 18 މެންބަރުން ބުނެފައިވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 2012 ވަނަ އަހަރު މޫނު ބުރުގާ އަޅައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފް ކޮށްދިނުމަށްވެސް މިކޮމެޓީއިން ފްރާންސްއަށް އަންގާފައިވެއެވެ.

ފްރާންސްގައި މޫނު ބުުރުގާ އެޅުން މަނާކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އެއަހަރު ފްރާންސްގައި ހެދި ޤާނޫނުގައި ބުނެފައިވަނީ ސެކިއުރިޓީ މައްސަލަ ތަކާހެދި މޫނު ބުުރުގާ އެޅުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި މިކަންކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަގުކަލޭގެ

    ކޮބާޕޕ ކުދިން ލާދިނީއޭ ގޮވި ބާގަޑަށް ފެނޭތަ؟

  2. ދެން ލަލަލާކިޔާ

    ނޫނޭ ދެން މިވާހަކައެއް ނުދައްކާނެ ދެން އެއުޅޭ އެމްނެސްޓީއަކާ ރާއްޖޭގެ ހިއުމަން ރައިޓްސް ބޯއިންތައް. އިނގިރޭސިބަހުން ބުނާނަމަ ޑެފްނިންގ ސައިލަންސް ފްރޮމް ދެމް!

  3. ބޭބެ

    الحمدلله.
    މިވަރުވެސް މިކިޔާ %100 ގައުމުގައި ނުވޭ
    މޫނުބުރުގާ އެޅުމުން ވަޒީފާ ގެއްލޭ.
    މިއަނިޔާ ލިބުނު މީހުންގެ ޙައްގުތައް ހޯދައިދިނުމަށް ގޮވާލަން.

  4. ޖޮއްބެ

    އަންހެނާގެ ޢައުރައަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން އޮވޭ. އެއީ މޫނާ ދެއަތްތިލަ ފިޔަވައި ހަށގަނޑުގެ އެހެންތަންތަން.

    • ހހ

      އައުރަ އަކީ ކޮބައިކަން އެނގޭތަ.ނޭގެންޏާ ކީރިތި ޤްރުއާނުގެ މޫރިތި އާޔަތްތައް ބަލާ.އަންހެނާގެ އަައުރަ އަކީ ހިލޭ ފިރިހެނުން ކުރިމަތީގައި މުޅިހަށިގަނޑު.