ޗައިނާއިން ފުރާނައަށް ނުރައްކާތެރި ޒިކާ ވައިރަސް ފެނިއްޖެއެވެ.

ޗައިނާ ވެފައިވަނީ މިއަހަރު ޒިކާ ވައިރަސް ފުރަތަމަ ފެނުނު ގައުމެވެ. ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން ވަނީ ގައުމުން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ޒިކާ ވައިރަސްއިން ސަލާމަތްވުމަށް އިލްތިމާސްކޮށްފަވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެގައުމުން ޒިކާ ވައިރަސް އަށް ސައްކު ކުރެވުނު މީހަކު ޒިކާ ވައިރަސްއަށް ޕޮޒިޓިވްތޯ ބެލުމަށް ޓެސްޓުތަކެއް ހެދުނު ކަމަށާއި ޓެސްޓުތަކުން ޒިކާ ވައިރަސް އޭނާ އަށް ޖެހިފައިވާކަން ކަށަވަރުވެފައިވާކަމަށެވެ.

އެގައުމުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން މައުލޫމާތުދޭގޮތުގައި އޭނާ ޗައިނާގެ ބައިޔުން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އިރު ހުރީ ވަރަށް ގަދަޔަށް ހުންއައިސްފައިއެވެ.

ޒިކާ ވައިރަސް ފެތުރެނީ އީޑީޒް މަދިރިންނެވެ. ޒިކާ ވައިރަސް ޖެހިފައިވާ މީހެއްގައި ގައިގައި މަދިރި ހެފުމަށް ފަހު ރަނގަޅަށް ހުރި މީހެއްގެ ގައިގައި އެމަދިރި ހެފުމުން އެމީހާގެ ގަޔަށް ވައިރަސް ވާސިލްވެއެވެ. ޖިންސީ ގުޅުމުން ވެސް މި ބަލި އަރާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަދި އެބަށްޔަކީ ބަލީގެ ކުރީ ކޮޅުގައި ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާ ކުރުވާ ބައްޔެކެވެ.މިއީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔަކަށް އޭރު ނުވާތީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވިފައެއް ނުވެ އެވެ.

2015 ވަނަ އަހަރު ބްރެޒިލުގައި ފެތުރެން ފެށި މި ބަލި އޭރު ވަނީ 70 ގައުމަކުން ފެނިފަ އެވެ.މީގެ ތެރޭން އޭޝިއާގެ 19 ގައުމަކުން ވެސް ޒިކާ ފެނިފައިވެ އެވެ.ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ވަނަ އަހަރު ޔޫގެންޑާ އިން ރާމާމަކުނުންނެވެ.