އެމެރިކާގައި މަތިންދާ ބޯޓެއް ވެއްޓި އުމުރުން 85 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

އެމެރިކާގެ ވުޑްބިން އެއާޕޯޓުގައި ހިންގި މިހާދިސާގައި މަރުވެފައިވަނީ އެތަަށް އަރެއްގެ އުދުހުމުގެ ތަޖުރިބާހުރި 85 އަހަރުގެ އެމެރިކާގެ އެއާފޯސްގެ ކުރީގެ ޕައިލެޓެކެވެ.

މިހާދިސާ ހިންގުމާއިއެކު އެ އެއާޕޯޓް ވަނީ ބަންދުކޮއްފައެވެ. 2009 އަހަރު މި އެއާޕޯޓުގައި މަތިންދާ ބޯޓެއް ވެއްޓި ވަނީ ބައްޕައަކާއި އޭނާގެ ދަރިފުޅު މަރުވެފައެވެ.

އެމެރިކާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ވިދާޅު ގޮތުގައި މިމަތިންދާ ބޯޓު ވެއްޓުމަށް މެދުވެރިވީ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެނެވެ. މި މަތިންދާ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން މަތިންދާ ބޯޓުގައިވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.

އެމެރިކާގެ ވައިގެ ދަތުރުތަކާއި ބެހޭ އިދާރާތަކުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިންގުމުގައި އެއާޕޯޓުގެ އިހުމާލެއް އޮތްތޯ ދަނީ ތަހުގީގު ކުރަމުންނެވެ.

މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާތަށް ފަހަކަށް އައިސް އެމެރިކާގައި އިތުރުވަމުންދާއިރު މީގެ ހަތަރުމަސް ކުރިން އެމެރިކާގެ ނިއުޔޯކްގެ ލަގާރޑިއާ އެއަރޕޯޓުން ފުރައިގެން ޑަލަސްއަށް ދަތުރުކުރި އެމެރިކާގެ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާ ބޯޓެއްގެ އެއް އިންޖީނު ގޮވައި، އަންހެނަކު ވަނީ މަރުވެފައެވެ.

ސައުތުވެސްޓް އެއަރލައިންސްގެ ބޮއިންގ 737 ގެ ފްލައިޓް 1380 ގެ އިންޖީނު ގޮވީ ލަގާރޑިއާ އެއަރޕޯޓުން ފުރިތަނާއެވެ. އެ ހާދިސާ ހިނގިއިރު، ބޯޓުގައި ތިބި ބައެއް މީހުންވަނީ ފޭސްބުކް ލައިވް-ސްޓްރީމް ވެސް ކޮށްފައެވެ. އެ ހާދިސާ ހިނގުމާއެކު ބޯޓް ވެއްޓިދާނެ ކަމަށް ބަލާ މަތިންދާ ބޯޓްވަނީ ކުއްލި ހާލަތުގައި ފިލަޑެންފިއާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.