އިންޑިއާގައި ރޭވިގެން ކުރާކުށްތަކާއި، އިޤުތިޞާދީ، މާލީ ބޮޑެތި ކުށްތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރާ އެންމެ އިސް އިދާރާ ކަމަށްވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ އެންމެ އިސް ދެވެރިން ކުއްލި ގޮތަކަށް މަގާމުން ދުރުކޮށްފިއެވެ.

މަގާމުން ދުރުކޮށްފައި ވަނީ ސީބީއައިގެ ޑިރެކްޓަރ އަލޮކް ވަރްމާ އާއި ސްޕެޝިއަލް ޑިރެކްޓަރ ރަކޭޝް އަސްތާނާ އެވެ. ދެބޭފުޅުން މަގާމުން ދުރުކުރަން ނިންމީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.

މަގާމުން ދުރުކުރި ވަރްމާ މިހާރު ވަނީ އޭނާ މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެމައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ވަަނީ ތާވަލް ކޮށްފައެވެ.

އިންޑިއާގެ އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި ސީބީއައިގެ ދެވެރިން މަގާމުން ދުރުކުރުމަކީ މޯދީ އޭނާ އަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާފައިވާ ނިންމުމެކެވެ.

އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ގޮތުގައި ސީބީއައިގެ ވެރިން މަގާމުން ދުރުކުރީ މޯދީގެ ސަރުކާރުގެ ހައްދުފަހަނައަޅައި ގޮސްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމުގެ މަސައްކަތް އެބޭފުޅުން ކުރާތީއެވެ.

މަގާމުން ދުރުކުރި އަސްތާނާ އަކީ 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުން ތަޙްޤީޤު ކުރި ކޮމިޝަންގެ ވެރިޔާ އެވެ. އެކޮމިޝަނުން ނިންމާފައި ވަނީ ހަމަނުޖެހުންތަކުގައި މޯދީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް އިންޑިއާ އާއި ދުނިޔޭގެ އެތައް ބަޔަކު އަދިވެސް ތުހުމަތު ކުރާ ގޮތުގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ހުރީ މޯދީ އެވެ.

ގުޖުރާތުގެ ހާދިސާގެ ރިޕޯޓް ނެރުނު ފަހުން މޯދީ އާއި އަސްތާނާގެ ގުޅުން ވަރަށް ބަދަހިކަަމަށް ވެއެވެ. އަސްތާނާ އަކީ މޯދީ މިހާތަނަށް ވަރަށް ބޮޑު އިތުބާރެއް ކުރެއްވި ބޭފުޅެކެވެ.

ސީބީއައިގެ ހިންގުން މިއަދު އިންޑިއާ ސަރުކާރުން ވަނީ ވަގުތީގޮތުން ބޭފުޅަކާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުމާރު

    ތި ކޮރަޕްސަންގަ ގެރިމޯދީގެ އަތެއްވެސް ވާނެ.

  2. ީއިންގިރޭސި

    މޯޛީ ކަޅޯ ކިހިނެެއް ހަދަންް ތި އުޅެނީ

  3. ގެރިމޯދީ

    ގުޖްރާތް ސްޓޭޓްއިން ހާހައްވުރެން ގިނައިން މުސްލިމުން މެރުމަކީ އެންމެން ދަންނަ ބޮޑު ހަގީގަތެއް، ދުނިޔޭގެގިނަ ގައުމުތަކަށް އޭރު މޯދީ ނާރުވާ. މިކަހަލަ ހައްދު ފަހަނައަޅާފަހުރި ގާތިލެއް ޓެރަރިސްޓެއް ދިވެހިންނަށް (ސައްތައިންސައްތަ މުސްލިމް) ހެވެއްއެދޭނެތަ. މަށައްހީވަނީ ގެރި ބަލަހައްޓާނެ ހަތަރު ފަސްލައްކަ ވަރަކަށް ދިވެހި އަޅުން ލިބޭނެކަމަށް ކަންނޭނގެ ގެރިމޯދީ މިއުޅެނީ