23:38

އެމެރިކާގެ ޕޯސްޓަލް އިނިސްޕެކްޓް ސާވިސް އިން ދެންމެ ވިދާޅުވީ ގޮވާތަކެތި ހުރި ޕާރްސަލްތައް ސީނިއާ ބޭފުޅުންތަކަކަށް ފޮނުވި މައްސަލައިގެ ތަޙްޤީޤަށް އެފްބީއައި އާއި ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެއްބާރުލުން ދެމުންގެންދާ ކަމަށް.

23:30

ޓްރަމްޕް: މިއަދު މިލިބުނު ޚަބަރުން އަޅުގަނޑު ވަރަށް ބޮޑަށް ރުޅި އައިސްފިން. އަދި ވަރަށް ހިތާމަ ކޮށްފިން. މިކަމުގެ އެންމެ އަޑިއަށް އަޅުގަނޑުމެން ދާނަން.

23:28

ޓްރަމްޕް: އެމެރިކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އަޅުގަނޑު އެންމެ އިސްކަންދޭ ކަންތައް. ޕާރްސަލްތައް ތަޙްޤީޤު ކުރުމުގެ މަސައްކަތް ގޮވާތަކެއްޗާއި ބެހޭ އެންމެ ވަރުގަދަ ތަޖުރިބާކާރުން ގެންދަނީ ކުރަމުން. މިމައްސަލައިގެ ބޮޑު ތަޙްޤީޤެއް މިހާރު ވަނީ ފަށާފައި. މިތަޙްޤީޤުގައި ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން.

23:27

ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި.

23:26

23:25

ޕާރްސަލް މިހާތަނަށް ފޮނުވާފައި ވަނީ ޑިމޮކްރަޓިކް ޕާޓީގެ ސީނިއާ މެންބަރުންނަށާއި، ޑިމޮކްރަޓިކް ޕާޓީއަށް ފަންޑް ކުރާ ފަރާތްތަކަށާއި، ޑިމޮކްރަޓިކް ޕާޓީ އާއި ގުޅުން އޮންނަ ސީނިއާ ބޭފުޅުންނަށް. މިހާތަނަށް ދެނެގަނެވިފައި ވަނީ ޝައްކު ކުރެވޭ ކިތައް ޕާރްސަލް ކަމެއް އަދި ރަސްމީ ފަރާތްތަކުން ކަށަވަރު ކޮށެއް ނުދޭ.

23:22

ސްކައި ނިއުސް އިން ބުނީ ޕާރްސަލްތައް ފޮނުވުމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާ ކަމަށް.

23:03

އެމެރިކާގެ ރައީސުންނާއި ރައީސް ކަން ކުރެއްވި ބޭފުޅުންގެ ސެކިއުރިޓީ ބަލަހައްޓާ ސީކްރެޓް ސާވިސް އިން ވިދާޅުވީ އޮބާމާ އާއި ހިލަރީ ކްލިންޓަނަށް ޕާރްސަލް ލިބުމުގެ ކުރިން ސީކްރެޓް ސާވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށާއި އެބޭފުޅުންނަށް ނުރައްކާ ވާވަރުގެ އެއްވެސް ކަމެއް ނެތް ކަމަށް.

22:58

ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސް މެންބަރެއް ކަމަށްވާ ޑެބީ ވެސާމަން ޝޫޒް ދިރިއުޅުއްވާ ގެއަށް ވެސް ބޮމެއް އޮތް ކަމަށް ބެލެވޭ ޕާރްސަލެއް ފޮނުވުމުން ގޮވާތަކެތި ނައްތާލާ ސްކޮޑުން ހަރަކާތްތެރިވަމުން އެބަދޭ.

22:53

ނިއުޔޯކްގެ މޭޔަރު ބިލް ޑި ބަލާސިއޯ ދެންމެ ވިދާޅުވީ ވަރަށް ގިނަ ބޮންތަކެއް ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ އެކި ބޭފުޅުންނަށް ފޮނުވާފައިވާކަމަށް. ބަލާސިއޯ ވިދާޅުވީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް.

އޮބާމާ އާއި ކްލިންޓަން ވެސް ނިސްބަތްވަނީ ޑިމޮކްރަޓިކް ޕާޓީއަށް. އަންނަ މަހުގެ 6 ވަނަ ދުވަހު އޮންނަ މިޑްޓާމް އިލެކްޝަންގެ ކެމްޕެން އެމެރިކާގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ވަރަށް ފޯރިއާއި އެކު ކުރިއަށް އެބަދޭ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަަރީ ކްލިންޓަނަށް ހަމަލާ ދިނުމަށް އެބޭފުޅުން ދިރިއުޅުއްވާ ގެކޮޅަށް ވަކިވަކިން ދެ ޕާރްސަލް މީހަކު ފޮނުވައިފިއެވެ. އެދެޕާރްސަލްގައި އޮތީ ގޮވާ އެއްޗެއް ކަމަށް ބެލެވޭ ޑިވައިސްތަކެއް ކަމަށް އެމެރިކާގެ ސީކްރެޓް ސާވިސް އިން މިހާރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ސީއެންއެންގެ މައި އޮފީހަށް ވެސް ވަނީ ފާރްސަލް ކޮށްފައި އޮތް ބޮމެއް ފޮނުވާފައެވެ. އެބޮން މިހާރު ވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި ނިއުޔޯކްގެ ގަވަރުނަރަށް ވެސް ވަނީ ޝައްކު ކުރެވޭ ޑިވައިސްއެއް ފޮނުވާފައެވެ.

މީގެ އިތުރުން ބައެއް އިތުރު އިސް ބޭފުޅުންނަށް އެޑްރެސްކޮށް ގިނަ ޕާރްސަލްތަކެއް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުން

    ބެލެވެނީ މީ ސެކުރިޓީ ޓެސްޓް އެނަލިސިސް އެއްހެން.

  2. އަބްދުއްލާ

    ބޮމުން ފައިދާ ލިބެނީ ކޮންފަރާތަކަށް . އެފަރާތް ހައްޔަރުކުރޭ.

  3. ރުޒާނާ ޗޮއްޕަޓު

    ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމެއް ނެތް. ކަލޭ ތިކަމުގެ އަޑީގަ ހުންނާނީ. ތީ ކާކު!