މިމަހު ކުރީކޮޅު ޕެސިފިކް ކަނޑު ހުރަސްކޮށް ދަތުރު ކުރި ބާރުގަދަ ތޫފާން "ވައްކަލާ" ގައި އެމެރިކާގެ ހަވާއީގެ އީސްޓް އައިލެންޑް ކަނޑުގެ އަޑިއަށް އަރަގުވެއްޖެއެވެ.

ތޫފާން "ވައްކަލާ" ގައި ގެއްލުނު މިރަށަކީ ނެތި ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ވެލާ އަދި ސީލް ގިނަ އަދަދަކަށް ދިރިއުޅެމުންދާ ރަށެކެވެ. ތޫފާނުގެ ސަބަބުން އުފެދުނު ބިޔަ ރާޅުތަކުގެ ސަބަބުން 11 އޭކަރުގެ މި ރަށް ޗާޓުން ވަނީ ފޮހެވިގެން ގޮސްފައެވެ.

އެހެންކަމުން މިއީ ކަނޑުގެ ދިރުންތަކަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.

އެމެރިކާގެ ބާރު ހިންގާ އީސްޓް އައިލެންޑް ހިމެނޭ ޕެސިފިކް ކަނޑުގެ މެދުގައިވާ ކުދި ޖަޒީރާ ރަށްތަކެއްކަމަށްވާ ހަވާއީގައި 1.4 މިލިއަން މީހުން ދިރިއުޅޭއިރު އެވްރެޖްކޮށް ކޮންމެ އަހަރަކުވެސް އެސްޓޭޓަށް ތޫފާނެއް އަރައެވެ.

ހަވާއީ ހިމެނޭ ޕެސިފިކް ކަނޑު ސަރަހައްދަކީ ކޮންމެ އަހަރެއްގެ ނިންމޭ ހިސާބުގައި ބާރުގަދަ ތޫފާން އުފެދޭ ސަރަހައްދެކެވެ. ތޫފާން ލެސްލީގައި ސަބަބުން ބޮޑެތި ރާޅުތަކެއް ވަނީ ބަހާމާސް އަދި ބާމިއުޑާ ހިމެނޭ ޖަޒީރާ ރަތްތަށް ކައިރީ އުފެދިފައެވެ.

މި ދިޔަ މަހުގެ މެދުތެރޭގައިވެސް އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ހިލާފް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އަރާފައެވެ.

"ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނަކީ މިއަހަރުގެ މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޯޮޮޮޮޮޮĞŕáñďé

    ދެން އޮތީ ރާއްޖެ.