ފަލަސްޠީނުގެ ދިދަ ވިހުރަމުން ޣައްޒާގެ ޒުވާނެއްގެ ފޮޓޯ މީސް މީޑިޔާ ފަތަހަކޮށްފިއެވެ.

މި ފޮޓޯއިން ފެންނަނީ އިސްރާއީލުން ޣައްޒާއަށް އަޅަމުންދާ ހުރަސްތަކާއި ދެކޮޅަށް ކުރަމުންދާ ވަރުގަދަ މުޒާހަރާގެ ތެރެއިން ކުރިއަށް ނިކުމެ ހުންނަ، އުމުރުން އެންމެ 20 އަހަރުގެ އާއިދު އަބޫ އަމްރޫއެވެ.

ޣައްޒާގެ އަލް ޒައިތޫން ސިޓީގައި ދިރިއުޅެމުންދާ އާއިދު އަބޫ އަމްރޫ ހުސްގަޔާ ހުންނަ މި ފޮޓޯ މިހާރު ވަނީ އެތައް ހާސް ފަހަރަކު ޓުވީޓްވެސް ކޮށްފައެވެ.

އާއިދްއަކީ އިސްރާއީލާއި ދެކޮޅަށް ކޮންމެ ހުކުރު އަދި ހޯމަ ދުވަހު މުޒާހަރާއަށް ނިކުންނަ ޒުވާނެކެވެ. އޭނާ ބުނީ މުޒާހަރާއަށް ދަނީ ފޮޓޯ ނަގާނެ ކަމަކަށް ނޫންކަމަށާއި، ނަމަވެސް މި ފޮޓޯގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މާޗް 30، 2018 އިން ފެށިގެން ފަލަސްތީނު ރައްޔިތުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށް ދާއިރު އިރު، އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނު މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

އިސްރާއީލާއި ދެކޮޅަށް މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 179 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 20000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެޑަމް

  މިފެންނަނީ ދީނަށްޓަކާ ޤައުމަށްޓަކާ އުޅޭ ހިތްވަރުގަދަ ޒުވާނުން.. މިރާއްޖޭގެ މީހުން އަނގަ ފުޅާކޮށްފަ އަމިއްލަ ފައިދާއަށް ދީނޭ ޤައުމޭ ކިޔާއިރު އެއީ މިފަދަ ފަރާތްތަކަށް ކުރެވޭ މަލާމާތެއް.

  • އަދުރޭ

   މީ ދީނައްޓަކައި އުޅޭބައެއްނޫން . މީ ހަމަ އެކަނި ފަލަސްތީނަށްޓަކައި އުޅޭ ބައެއް. ގައުމިއްޔަތައްމަރުދޭ ބައެއް.

 2. ނިނޫ

  ސާބަހޭ ފަލަސްތީންގެ ހިތްވަރުގަދަ ޅަޒުވާނުންނަށް..

 3. ލިމްލީ

  ވަރަށް ލޯބި...

  • ލޮލް

   ތިވަރު ވަންޔާ ކައިވެނި ކުރަން ވީނު..

 4. ފަޤީރު ކަލޯ!

  ކަލޯ މީ ފިލްމެއްގެ މަބްޒަރެއް ނޫނޭ! މީޙަޤީޤަތޭ! ﷲގެ ދުޝްމަނު އަނިޔާވެރި ޔަހޫދީންނާ އެކުރިމަތި ލަނީ ﷲ އަށްޓަކައި ފުރާނަ ޤުރްބާން ކޮށްލުމަށް! ނޫކަށިފުރައިގެ ޒުވާނުން! އަހަރުމެންގެ ޒުވާނުން ބޯނެ ފަތްކޮޅެއް ލިބޭތޯ އެމަސައްކަތް ކުރަނީ މައިމީހާގެ ޖަޒްބާތު ތައް ނެތިކޮށްލާފައެވެ.