އިސްލާމް ދީނަށް ފުރައްސާރަކޮށް، އަރަބި އޮންލައިން ނޫހެއްގައި ލިޔުމެއް ޝާޢިއުކުރި ނޫސްވެރިޔަކު އީރާނުން ހައްޔަރުކޮށްފިއެވެ.

"އަބްތަޚަރު ޑެއިލީ" ނަމަކަށްކިޔާ އަރަބި ނޫހެއްގައި މަސައްކަތްކުރީ އެ ނޫސްވެރިޔާ ހައްޔަރުކޮށްފައި ވަނީ، ކީރިތި ރަސޫލާﷺ ވަސައްލަމްގެ ކާފަދަރިކަލަކާއި ގުޅޭގޮތުންނާއި މުސްލިމުން ފާހަގަކުރާ އާޝޫރާ ދުވަހާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއްގައި ދީނަށް ފުރައްސާރަކޮށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ލިޔެފައި ވުމުންނެވެ.

ޕޯޔަން ޚުޝާލް ނަމަކަށްކިޔާ އެ ނޫސްވެރިޔާ ހައްޔަރުކޮށްފައި ވަނީ، އޭނާ އީރާނުން ފުރަންވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. އަދި އެއަށްފަހު އޭނާ އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އޭނާއާއި ދެކޮޅަށް ދަޢުވާ ކުރުމަށްވެސް އޮފިޝަލުން މިހާރު ވަނީ ނިންމާފައެވެ.

ޚުޝާލް ދީނަށް ފުރައްސާރަކޮށް އަރަބި ނޫހެއްގައި ލިޔުމެއް ޝާޢިއުކުރިއިރު، އޭނާ ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެކަމާއި ގުޅޭގޮތުން އިސްލާމް ދީނާއި މުސްލިމުންނަށް ފުރައްސާރަކޮށް ފާޑުކިޔައި ޓްވީޓުކޮށްފައެވެ. ނަމަވެސް ފަހުން މުސްލިމުންގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެ މައްސަލަ ހޫނުވާން ފެށުމުން އޭނާ ވަނީ އެ ޓްވީޓުތައް ޑިލީޓުކޮށްލާފައެވެ. ޚުޝާލްގެ ޢަމަލުތަކާއި ގުޅިގެން އޭނާ ވަޒީފާ އަދާކުރަމުންދާ ނޫހުން ވަނީ މަޢާފަށް އެދި، އެ ނޫހުގައި އޭނާ ލިޔެފައިވާ ލިޔުން ބަދަލުކޮށްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް، އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔުންތަކެއް ޝާޢިއުކުރި ނޫސްވެރިއަކު އީރާނުން ހައްޔަރުކޮށްފައި ވެއެވެ. އެ މައްސަލައިގައި މިދިޔަ އޯގަސްޓު މަހުގެ ތެރޭ އެ ނޫސްވެރިޔާ ވަނީ ދިހަ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ޙުކުމްކޮށްފައެވެ. އޭނާވެސް ހައްޔަރުކޮށްފައި ވަނީ މައްސަލަ ހޫނުވާން ފެށުމުން ޤައުމު ދޫކޮށް ފުރަން އުޅެނިކޮށް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯބުރި

    ދެން އެމީހާ މަރާލާނީތަ؟

    3
    2
    • އޭނަ

      ކޮބާ މައްސަލަ؟ ކަލޭ ކޮން މައްސަލަ؟

      އެއީ ޖަޒީރާ ރާއްޖެ ނެތީ

      4
      1
    • ހަމަ ބޯބުރި

      ދެން އެމީހާގެ މައްޗަށް ޝަރުޢީ ޙުކުމް ކުރާނީ. ޢަދުލު އިންސާފުގެ މަތިން. ނަސޭހަތްތެރިވެ އިސްލާޙު ނުވެއްޖެނަމަ އެއަށްފަހު ޙުކުމްއިއްވޭނީ. އެއީ ކަލޭމެން ކިޔާ ކަހަލަ ދެބޯގެރިދުއްވާ އިންސާފެއް ނޫން. މިއީ އިންސާނުން ޚާލިޤު ކުރެއްވި ރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ޢަދުލު އިންސާފު. ދެރަމީހެއް ސިޔާސީ ލީޑަރެއް ތަފާތު ނުކުރާ ސިސްޓަމެއް.

      7
      1