އެމެރިކާއަކީ އަޝްކަރީގޮތުން ދުނިޔޭގައި އޮތް އެންމެ ވަރުދަގަ ގައުމެކެވެ. އަޝްކަރީގޮތުން އެމެރިކާއާއި ވާދަކުރާ އެތަކެއް ގައުމެއް އޮތް އިރު އެ ސަފުގައި މިހާރު އެންމެ ކުރީގައި އުޅެނީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުކަމަށްވާ ޗައިނާއެވެ. އަދި އުމްރާނީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ދެގައުމު މިހާރުވެސް ދަނީ އެއްގައުމު އަނެއް ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދުގައި އޮތް ވިޔަފާރީގެ ވާދަވެރިކަން ހަނގުރާމައަކަށް ބަދަލުވެދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން އަންނައިރު ކުރިއަށް އިތް 15 އަހަރުގެ ތެރޭގައި ޗައިނާއާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމައެއް ފަށާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ކޮމާންޑަރަކު ވަނީ ވިދާޅުވެފައެވެ.

ޕޮލެންޑްގެ ވެރިރަށް ވާސޯގައި ދެދުވަހަށް ކުރިއަށް ދިޔަ " ވާސޯ ސެކިއުރިޓީ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފައުޖުތަކުގެ ކުރީގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ބެން ހޮޖަސް ވިދާޅުވީ ޔޫރަޕްގައި އެމެރިކާއިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ޕެސިފިކް ކަނޑުގައި ޗައިނާގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުގެ ކަންތައްތައް ހަމަޖައްސާނެ ގާބިލުކަމެއް އެމެރިކާގެ ނެތް ކަމަަށެވެ.

"ވަރަށް ވަރުގަދަ ޔޫރަޕްގެ ތަނބެއް ޔުނައިޓެޑް ސްޓޭޓްސް އަށް ބޭނުންވޭ. އަހަރެން ދެކޭ ގޮތުގައި 15 އަހަރުގެ ތެރޭގައި އެއީ ނުވާނެ ކަމެއް ނޫން. ވަރަށް ބޮޑަށް ބެލެވޭ އަހަރެމެން ތިބޭނީ ޗައިނާއާ ހަނގުރާމަކުރަން ކަމަށް،" ހޮޖަސް ވިދާޅުވިކަމަށް ސްކައި ނިއުސްގެ ރިޕޯޓުކޮށްފައިވެއެވެ.

ހޮޖަސް ވިދާޅުވީ ރަޝިޔާގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެގައުމުން ކުރިމަތިވެދާނެ ނުރައްކާތަކުން ދިފާއުވުމަށް ޔޫރަޕްގެ ގައުމުތަކުން އިތުރު މަސައްކަތްކޮށް އެކަންކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޭެމުހައްމަދު

    އެމެރިކާ ބަލިވާނެ

    • ޑޮންޑޮން

      ވަރަށް ހީނުވޭ. އެމީހުން ސައިޑަށް ދާނެ މުޅި ނޭޓޯ ދާނެ.

  2. Anonymous

    ޢިލްމުވެރިންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތު ކުށް ކަމުގައި ނުވާނަމަ، ޗައިނާ އާއި އެމެރިކާ އާއި ދެމެދު ހަނގުރާމައެއް ހިނގާނެއެވެ.

  3. ފަޤީރު ކަލޯ!

    ޢިލްމުވެރިންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތު ކުށް ކަމުގައި ނުވާނަމަ، ޗައިނާ އާއި އެމެރިކާ އާއި ދެމެދު ހަނގުރާމައެއް ހިނގާނެއެވެ. މިހަނގުރާމައިގާ ދުނިޔޭގެ ހުރިހައި ބާރުތަކެއް އެމެރިކާ އާއި އެއްކިޅަށް އަރާނެއެވެ. ޗައިނާ އާއި އެއްކޮޅަށް އަރާނީ ހަމައެކަނި ޢަރަބީންނެވެ. ހަނގުރާމަ ކާމިޔާބު ކުރާނީ ޗައިނާއެވެ. އެހާރުން އެމެރިކާ އާއި ޔޫރަޕު ތިންވަނަ ދުނިޔޭގެ ޤައުމުތަކަށްވުރެވެސް ދަށަށް ވެއްޓިގެންދާނެއެވެ. މިހަނގުރާމައިގެ ކުރިއަކުން އެއްވެސް މަޤާމެއްގައި ޗައިނާ ހަތިޔާރެއްގައި އަތެއް ނުލާނެއެވެ. އެއީ ތިންވަނަ ބޮޑުހަނގުރާމަ ކަމަށްވެސް އެބޭފުޅުން ވިދާޅުވެފައި އެހުއްޓެވެ. ވަﷲ އަޢުލަމް!

  4. Abdul Latheef

    ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ބޮޑު ދެބާރެއްގެ ދެމެދުގައި ވަރުގަދަ ހަނގުރާމަ އެއް ހިނގާނެކަމަށް ބުނެވެއެވެ. ތިޔައީ އެ ހަނގުރާމަ ކަމަށްވެސް ވެދާނެއެވެ. ވަﷲ އަޢުލަމް.