ގްރީސް ހިމެނޭ ސަރަޙައްދުން އަޔޯނިއާ ކަނޑުގެ އަޑިޔަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މިއީ ފާއިތުވެދިޔަ 15 ވަރަކަށް ގަޑިއިރު ތެރޭ މި ސަރަޙައްދަށް އައި 32 ވަނަ ބިންހެލުމެވެ. މި ބިންހެލުމަށްފަހުވެސް މި ސަރަޙައްދަސް ބާރުގަދަ ލޮޅުންތައް ދަނީ އަންނަމުންނެވެ.
ޔޫރޮޕިއަން-މެޑިޓަރޭނިއަން ސެއިސްމޮލިޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި، ދާދި ދެންމެއަކު އަޔޯނިއާ ކަނޑުގެ އަޑިޔަށް ބިންހެލުން އައީ މެގްނިޓިއުޑް މިންގަނޑުން 5.1 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުނެއެވެ.
ފާއިތުވެދިޔަ ވަގުތުތަކުގައި ގްރީސްއަށް ހުއްޓުމެއް ނެތި ބިންހެލުން އަންނަމުންދާއިރު، ރޭ ފަތިހުގެ ވަގުތެއްގައި ހަމަ މި ސަރަޙައްދަށް ވަނީ ގަޑިއެއްހާއިރު ތެރޭގައި މެގްނިޓިއުޑް މިންގަނޑުން 5.0 އާއި 6.8 އާއި ދެމެދުގެ ބާރުމިނުގައި ތިން ބިންހެލުމެއް އައިސްފައެވެ.
ހުއްޓުމެއް ނެތި މި ސަރަޙައްދަށް ބިންހެލުން އަންނާތީ، ކުރިއަށް އޮތް ވަގުތުތަކުގައި އަރާ ލޮޅުމަކަށްފަހު ގްރީސް އާއި އިޓަލީގެ އައްސޭރީގެ ސަރަޙައްދުތަކަށް ސުނާމީއެއްގެ އަސަރު ކޮށްފާނެ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
ދަރީންނޭ ހޭއަރާ! ޣާފިލްކަމުގެ ނިދިން ހޭލާ.. ތައުބާގެ ދޮރު ބަންދުވުމުގެ ކުރިން ފުރިހަމަ ތައުބާއަކުން ތައުބާވެ އެހެންމީހުންވެސް ޙައްޤުގެމަގަށް އެޅުވޭތޯ މަސައްކަތްކުރޭ! ﷲއަށް ޒިކުރުކުރުން ގިނަކުރޭ! އެކަލާންގެ އިރާދަކުރެއްވި ބަޔަކު މެނުވީ އެއްވެސް މުސީބާތަކުން ސަލާމަތްނުވާނެ.
ތައުބާވުން އަވަސް ކުރަމާ...
އަޅުގަނޑުމެން ކޮންމެ މީހަކީވެސް ތައުބާވާން ޖެހޭމީހެއް ޝައްކެއްނެތް ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވޭ އެކަލާނގެ އުރާދަ ކުރެއްވި އަޅަކަށް ފާފަ ފުއްސަވައިދެއްވަވާ ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމިތހިބެމާ ތައުބާގެ މާނައަކީ އަބަދު ފާފަ ކޮއްފަ ތައުބާވުމެއްނޫން ފާފަތަކުން ދުރުހެލިވެ ތައުބާގެ މަގު ިކްތިޔާރު ކުރުން