ކުއްލި ގޮތަކަށް މިއަދު ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމާއި ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް ހަވާލުވެ ވަޑައިގެންނެވި ނަމަވެސް، އެކަން ގަބޫލު ނުކުރައްވާނެ ކަމަށް މިއަދާއި ހަމައަށް ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް އަށް މިއަދު ކުއްލި ގޮތަކަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިވަޑައިގެންނެވީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް (ޔޫޕީއެފްއޭ) އިން ރަނިސްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލުމަށް ފަހު ރަނިލް މަގާމުން ދުރުކުރުމުންނެވެ. ރަނިލް ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރީ ރައީސް ސިރިސޭނައެވެ.

މަގާމު ގެއްލިވަޑައިގަތުމުން ރަނިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އަދިވެސް ބޮޑުވަޒީރުގެ ޒިންމާތައް އަދާކުރަވަމުން ގެންދަވާނެ ކަމަށެވެ.

އޭނާ މަގާމުން ދުރުކޮށް ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ރަނިލް ވިދާޅުވިއެވެ.

"ސްރީލަންކާގެ ބޮޑުވަޒީރަކީ އަދިވެސް އަޅުގަނޑު" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރަނިލް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އޭނާ އަށް ކަން ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ނަމަވެސް ސަރުކާރެއް އެކުލަަވާލެވޭނީ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ތާއިދު ލިބިގެންނެވެ. ރާޖަޕަކްސަ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ތާއީދު ހޯދުމަށް ކުދި ޕާޓީތަކާއި އެކު މިހާރު މަޝްވަރާތައް ފައްޓަވާފައިވާނެ ކަމަށް ބެލެވެއެވެ. ރާޖަޕަކްސަ އަށް ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ދާނެކަން މުޅިން ޔަގީން ވާނީ ހަފްތާ ބަންދަށް ފަހު އެވެ. ބެލެވޭ ގޮތުގައި ހޯމަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެއެވެ.

ލަންކާގެ ޤާނޫނު އަަސާސީ ބުނާ ގޮތުން ބޮޑުވަޒީރަކީ އިޤުތިޞާދީ ކަންތައްތަކުގެ ފަހު ބަސް ބުނާ ބޭފުޅާއެވެ. އޭގެ އިތުރުން ސަރުކާރު ހިންގުމުގައި ރައީސްގެ ނައިބެއްގެ ގޮތުގައި ބޮޑުވަޒީރު މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ލަންކާގެ ޤާނޫނު އަސާސީ ބުނެއެވެ.

މިއަދު ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށްފައި ވާއިރު ރަނިލް އާއި ސިރިސޭނަ އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދެނީ ބޮއްސުންލާފައި އޮތް އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ޖަނަވަރީ 09 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮލިހިލާ

    ރަނިލް ތަމެން ދެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ.

  2. އާންމު އާދުމީ

    މިހުންނަނީ 1950-1980 ދެމެދުގެ އަހަރުތަކުގައި އެމެރިކާގެ ޖާސޫސީ އިދާރާއިން ލެޓިން އެމެރިކާގައި ކުޅުނު ކުޅިގަނޑު މިއަދު އިންޑިއާގެ ޖާސޫސީ އިދާރާއިން މި ސަރަޚައްދުގައި ކުޅޭތަން ތިފެންނަނީ. ވިސްނާ ބަޔަކަށް ފެންނާނެ.

  3. މަހަށްދޭބަލަ

    ކޮބާ ރަނިލޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި ދެން އިންޑިއާ ގާތު ބުނޭ މަހަށް ދާށޭ އިނގޭތޭ ތަމެން ދެން ދަގަ އިންޑިއާ އާއި އެކު މަހަށް މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...