މިއަދު ބޮޑުވަޒީރު ކަމުގެ މަގާމުން ވަކިކުރި ރަނިލް ވިކްރަމަސިންހަގެ ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ބޮޑުވަޒީރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި މަހިންދްރަ ރާޖަޕަކްސަ އަށް ތާއިދު ކުރައްވަން ފައްޓަވައިފިއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަނިލްގެ ޕާޓީގެ ވަރަށް ސީނިއާ ދެމެންބަރަކު މިހާރު ވަނީ ރާޖަޕަކްސައަށް ތާއިދު ކުރައްވަން ނިންމެވިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ރާޖަޕަކްސް އަށް ތާއިދު ކުރައްވަން ނިންމެވި ޤާނޫނު ހަދާ މަޖިލީހުގެ އެއް މެންބަަރަކީ ވަސަންތާ ސެނަޔަކަ އެވެ. އޭނާ އަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ވެސް މެއެވެ.

ރާޖަޕަކްސް އަށް ތާއިދު ކުރައްވަން ނިންމެވުމަށް ފަހު ވަނަސަޔަކަ ލަންކާގެ މީޑިއާ އަށް ވިދާޅުވީ ރަނިލްގެ ޔޫއެންޕީ އަށް މިއަދު މިހާލަތު ދިމާވީ ރަނިލްގެ އަމިއްލަ އެދުމުގެ ސަބަބުން ކަމަށެވެ. އެފަދަ އަމިއްލަ އެދުން ބޮޑު ބޭފުޅެއްގެ ސިޔާސީ ބާރުވެރިކަން ނެތިގެން ދިއުމުން އުފާ ކުރައްވާ ކަމަށް ވަނަސަޔަކަ ވިދާޅުވިއެވެ.

ރާޖަޕަކްސް އަށް ތާއިދު ކުރައްވަން ދެން ނިންމެވީ ރަނިލްގެ ޔޫއެންޕީ އަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަނާދަ އަތުލުގަމަ އެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަފްތާ ބަންދަށް ފަހު ސަރުކާރު ހުޅުވެން ވާއިރަށް ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ރަނިލްގެ ޕާޓީ އިން ވަކިވެ، ރާޖަޕަކްސް އަށް ބައިއަތު ހިފާނެއެވެ.

ރަނިލް އަށް މިއަދު ކުއްލި ގޮތަކަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިވަޑައިގެންނެވީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް (ޔޫޕީއެފްއޭ) އިން ރަނިސްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލުމަށް ފަހު ރަނިލް މަގާމުން ދުރުކުރުމުންނެވެ.

މަގާމު ގެއްލިވަޑައިގަތުމުން ރަނިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭނާ އަދިވެސް ބޮޑުވަޒީރުގެ ޒިންމާތައް އަދާކުރަވަމުން ގެންދަވާނެ ކަމަށެވެ.

އޭނާ މަގާމުން ދުރުކޮށް ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ރަނިލް ވިދާޅުވިއެވެ.

"ސްރީލަންކާގެ ބޮޑުވަޒީރަކީ އަދިވެސް އަޅުގަނޑު" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރަނިލް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އޭނާ އަށް ކަން ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެއެވެ.

މިއަދު ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށްފައި ވާއިރު ރަނިލް އާއި ސިރިސޭނަ އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދެނީ ބޮއްސުންލާފައި އޮތް އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަލީމު

  ހަމަ މިގޮތް ދިވެހިރާއްޖެއިން އަދި ފެންނާނެއެވެ. ހިންގުންތެރި ގަޓުހުރި ވެރިއެއް ބޭރުކޮށްލާފަ ތަންދޮރުނުފިލާތިބި އަމިއްލައެދުމުންފުރިފަވާބަޔަކާ ޤަވްމު ޙަވާލުކުރީމާ ޤަވްމު އިނދަޖެހިގެން ދާނެއެވެ.

  • މުހައްމަދު

   ކަށަވަރުތާ!

 2. ބާނިޔޫސޭ

  އެތިބީނު ލަނޑާ މުޞްޠަފާ އާއި ލޮލީ ޖާބިރާއި ލަންދޫ ކޮހޯ އިސްމާޢީލްބޭ މެން. މިވަރުގެ ޤާބިލް ބަޔަކު މިއުޑުދަށުން ހޯދަބަލަ.

 3. ޚާލިދު ވަޙީދު

  انشاء الله