ސަރަޙައްދުގެ އެންމެ ބޮޑުބާރުކަމުގައި ބަލަމުން އަންނަ އިންޑިޔާ، މި ސަރަޙައްދުގެ ޤައުމުތަކުގެ ސިޔާސީ ކަންކަމާއި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބެހެމުން އަންނަކަމުގެ ވާހަކަތައް ދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. ވަކީން ޚާއްޞަކޮށް، މި ސަރަޙައްދުގައި ޗައިނާގެ ބާރުގަދަވަމުން ދިޔުމާއެކު އެކަންކަން ހުއްޓުވުމަށް އިންޑިޔާއިން ބޭނުންވެ، އެމަސައްކަތްތައް ކުރަމުން އަންނަ ވާހަކައަކީވެސް އައު ވާހަކައެއް ނޫނެވެ.
އަވަށްޓެރި ސްރީ ލަންލާގެ ބޮޑުވަޒީރުގެ މަޤާމަށް އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައިވާއިރު، މިއީ އިންޑިޔާ އަށް މާ ބަލައިގަންނަން ފަސޭހަ މަންޒަރެއް ނޫންކަމުގައި، އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އިންޑިޔާގައި ނެރެމުން އަންނަ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއީ އިންޑިޔާ އިން ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި، 2015 ވަނަ އަހަރުގެ ތެރޭގައި ރާޖަޕަކްސަ މަޤާމުން ދުރުކުރުމަށް އިންޑިޔާ އިން މަސައްކަތްތަކެއް ކުރިއެވެ. އެނޫހުން ބުނެފައިވާ ގޮތުގައި މައިތިރިޕާލާ ސިރިސޭނާ އާއި މަޤާމުން ދުރުކުރި ރަނިލް ވިކްރަމްސިންހަ އާ ދެމެދު ކޯލިޝަނެއް އުފެއްދުމަށް އިންޑިޔާ އިން ދައުރެއް އަދާކުރިއެވެ. އެނޫހުން އިތުރަށް ބުނިގޮތުގައި އިންޑިޔާ އިން ރާޖަޕަކްސަ މަޤާމުން ވައްޓާލަން ބޭނުންވީ އެއީ ޗައިނާ އަށް ވަފާތެރި ވެރިއެއްކަމަށް ވުމުންނެވެ. އެގޮތުން، ރާޖަޕަކްސަގެ ވެރިކަމުގައި ހަމްބަންތޮޓާ ބަނދަރު ޗައިނާ އަށް ދީ، ކޮލަމްބޯ ބަނދަރު ތަރައްޤީކޮށް، ލަންކާގައި ޗައިނާގެ ސަބްމެރިންތައް ބަނދަރުކުރުމަށް ފުރުޞަތު ދީފައިވެއެވެ.
އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި، ލަންކާގެ ސިޔާސީ މަޝްރަހު ހަލަބޮލިވާން ފެށުމާއެކު ލަންކާގެ މައި ތިން ލީޑަރުންވެސް އިންޑިޔާގެ އެހީ ހޯއްދެވިއެވެ. އެގޮތުން، ރަނިލްވަނީ މި ފަހުން އިންޑިޔާ އަށް ވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވާފައެވެ. ސިރިސޭނާވަނީ ނޭޕާލުގައި ބޭއްވި ބިމްސްޓެކް ސަމިޓުގެ ހަވާސާގެ ތެރެއިން މޯދީއާ ބައްދަލު ކުރައްވާފައެވެ. ހަމައެހެންމެ، ބީޖީޕީ އަށް ނިސްބަތްވާ މަޖިލިސް، މެންބަރު، ސުބްރަމާނިއަން ސްވާމީގެ ދައުވަތަކަށް ރާޖަޕަކްސަވެސް އިންޑިޔާ އަށް ވަޑައިގެންނެވިއެވެ. ރާޖަޕަކްސަ އާ މޯދީ ބައްދަލުކުރެއްވިއިރު، މިކަންވީ އިންޑިޔާގެ މީޑިޔާ އަށްވެސް ޤަބޫލު ކުރަން ދަތިކަމަކަށެވެ. ހަމައެހެންމެ، ރާޖަޕަކްސަވަނީ އިންޑިޔާއާ އޮންނަ ގުޅުން ރަނގަޅުކުރަން އޮފިޝަލަކު ފޮނުވާފައިކަމަށްވެސް ޓައިމްސް އޮފް އިންޑިޔާ އިން ބުނެއެވެ.
އިންޑިޔާ އިން ކަންބޮޑުވާ ކަމަކީ، ސްރީ ލަންކާ އިން އިންޑިޔާގެ ބާރު ކެނޑި، ޗައިނާގެ ބާރު ގަދަވެދާނެތީއެވެ. އެގޮތުން، އިންޑިޔާ އަށް ދޭން 2017 ވަނަ އަހަރު އެއްބަސްވި ބިޔަ މަޝްރޫޢެއް، އިންޑިޔާ އަށް ނުދިނުމަށް ސިރިސޭނާވަނީ ފަހުން ނިންމަވާފައެވެ. ހަމައެހެންމެ، އިތުރު އެތައް މަޝްރޫޢެއް، އިންޑިޔާ އަށް ހޯދުމަށް އެތައް މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ވެއެވެ. އެގޮތުން، ޓްރިކޮންމަލީގެ ތެޔޮ ޓޭންކު ފާމާއި، ޖަފްނާގައި އަޅާ ޕަލާލީ އެއަރޕޯޓާއި ހަމްބަންތޮޓާގެ މައްތަލަ އެއަރޕޯޓާއި ކޮލަމްބޯގެ ބޭރުގައި އަޅާ އެލްއެންޖީ ޓާމިނަލް މަޝްރޫޢު ހިމެނެއެވެ. އެހެންނަމަވެސް، މި މަޝްރޫޢުތައް ހިންގަން އިންޑިޔާ އަށް ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އިންޑިޔާ އަށް އުންމީދެއް ނެތްއިރު، ލަންކާގެ ވަރުގަދަ ބަނދަރެއްވަނީ 99 އަހަރަށް ޗައިނާ އަށް ދީފައެވެ.
ސަރަޙައްދުގެ ހުރިހާ ޤައުމަކަށްވެސް އިންޑިޔާ އިން މި އެޖެންޑާ ގެންގުޅެމުންދާއިރު، ރާއްޖޭގައިވަނީ އިންޑިޔާއާ ވަފާތެރި ވާނެކަމަށް ބެލެވޭ ސަރުކާރެއް އިންތިޚާބުވެފައެވެ. އެއާއެކު، އިންޑިޔާ އަށް މިވަނީ އެއަށްވުރެ ބޮޑު ޤައުމެއް އަތުން ދޫވެފައެވެ.
މި އިންޑިއާ ނުބޭނޭ ތަނެއްވެސް ނޯވެދޯ
ގެރިމޯދީގެ އުނދަގޫ ނުޖެހެހޭނެ އެއްވެސް ގަެުމެއްނެތް
ގެރީގެ ތޫފާނެއް ވަރައްއަވަހަށް ލަންކާއަށް އަރާނެ ލަންކާސަރުކާރުން މިތޫފާނުގެ ސަބަބުން ވާނެގެއްލުން ރައްޔަތުންނައް ވަރައްއަވަހަށް ހިއްސާކުރާނެ .........!!!!!
ކޮބާ ޗައިނާ ފިކުރު އައީމާ އިންޑިއާއި އެމެރިކާގެ ނުރުހުން ދިވެހިންވެސް ބޭނުންވަނީ އެމެރިކާެި އާއި ޔަހޫ ފިކުރު.
އަހަރުމެން ބޭނުމެއް ނުވޭ ޗައިނާ ފިކުރެއް އިންޑިއާ ފިކުރެއް. ބޭނުމީ އިސްލާމީ ދިވެހި ފިކުރު.
ތީގެންވެސް ހާމަވެގެންދަނީ އެހެން ޤައުމުތައް ދެކެ އިންޔާބިރުގަންނަ މިންވަރު.... ކޮންމެ ްައުމެއްގެތެރެއަށްވެސް އަތްގަދަކުރެވޭތޯ އެބަލަނީ..........
ވެރިކަންލުބުނަސް ގައުމުވިއްކާލަން މިވަރުގެބަޔަކު މޮދީ ކީއްކުރަން މުޅިދުނިޔެވެސް ނުދެކޭ! އަރިއަތޮޅު އިންޑިޔާއަށް ވިއްކާލަން ވަރުވަދަ އެގްރިމެންޓެއް އެއޮތީ އެކުލަވާލާފަ! އެއަރޕޯރޓް އަތުލެވުނަސް އެއަތޮޅު އަތުނުލެވޭނެ ގޮތަށް މިލްޓްރީގޮތުން ބާރުގަދަކުރާނެ!
ގޯ އިންޑިއާ ގޯ . ބީޖޭޕީ ސަރުކާރާ ގުޅުން އުފައްދާކައް ބެނުމެއްނޫން.
ގެރިބޯތަކުގެ ބަލާވެރިކަމުން ސަލާމަތް ވެގެންމެނުވީ މިރާއްޖެ ކުރިޔަށްދެވޭނެ އެއްވެސްގޮތެއް ނޯންނާނެ. ގެރިމޯދީމެން ބޭނުންވާނީ އެޔޯމެންގެ ގޮޑިކޮއްކޮ ސަރުކާރެއް އޮންނަނޮ. ގޮނޑިކޮއްކޮސަރުކާރު ބޭނުންވާނީ ނަމެއްގަ ތިބެގެން ކައިހުސްކުރަން .ރައްޔިތުންނަށް ދައްކާނީ އަރުގު ގެރިމެން ވަދެއްޖެ ތަނަކުން ބޭރު ކުރެވޭނީ ވަރަށް ހިތްވަރު ހުރި ގައުމުދެކެ ލޯބިވާ ބތަލުންތަކެއް އުޅެގެން..
ގެރި އިންޑިއާ ނުފޫޒް ނުފޯރުވޭ ވެރިއެއް ވީމަ އެއީ ރާއްޖެއެއްނޫން މޯދީ އެއީ ލަންކާ
ޖައްބާރު މޯދީ މިއުޅޭނީ މިސަރަހައްދު މިނުލަފާމީހާގެ ބާރުގެދަށަށް ގެންނަންތަ؟ ހާދަ މަޅިއެއް ޖަހައިފިޔޭދޯ؟ ސިރިސޭނާ މަރާލަން ޔާމީނު ހަވަރަށްދޭން މިކަލޭގެ މިރާވަނީދޯ؟ މިކަހަލަ ސުންޕާ މީހުން އަހަރުމެން މި ކައިރިކޮށްގެން އަވަލައިގެން މިއުޅެނީދޯ؟ ހުރޭ ބަލަން ރާއްޖެއަކަށްވެސް ދެން ކަމެއް ވިޔަކަނުދޭނެ.