އެމެރިކާގެ ޕެންސިލްވޭނިޔާ ސްޓޭޓުގެ ޕިޓްސްބާގު ސިޓީގައި ހުންނަ ޔަހޫދީ ފައްޅިއަކަށް ބަޑިން ހަމަލާދީ ބަޔަކު މަރާލައިފިއެވެ. މިއަދު ދިން މި ހަމަލާގައި ބަޔަކު މަރާލާފައިވީނަމަވެސް، މަރުވީ ކިތައް މީހުންކަމެއް އެޤައުމުގެ ކަމާބެހޭ ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.

މި ހަމަލާގައި ބަޔަކު މަރުވެފައިވާއިރު، އިތުރު ބަޔަކު ޒަޚަމްވެފައިވާކަމަށްވެސް ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ޒަޚަމްވީ މީހުންގެ ތެރޭގައި ހަތަރު ފުލުސް އޮފިސަރުންވެސް ހިމެނެއެވެ.

ހަމަލާ ދިން ފައްޅި

ޔަހޫދީން އަޅުކަން ކުރުމަށް ބޭނުންކުރާ ފައްޅި ނުވަތަ ސިނަގޮގޮ އަށް ހަމަލާ ދިން މީހާ އަމިއްލައަށް ފުލުހުންނާ ވަނީ ހަވާލުވެފައެވެ. އޭނާ އަމިއްލަ ފުލުހުންނާ ހަވާލުވެފައިވާއިރު، އޭނާއަށްވެސް އެކި ވަރުގެ ޒަޚަމްތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން، އޭނާވެސް ވަނީ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕެންސިލްވޭނިޔާގައި ޔަހޫދީންގެ އާބާދީ ބޮޑު ސަރަޙައްދެއްގައި ހުންނަ މި ފައްޅިއަށް ހަމަލާ ދިނުމަށް މި މީހާ ވަތްއިރު، ޔަހޫދީންނާ ދެކޮޅު ޝިއާރުތައް އަޑު ހަރުކޮށް ގޮވާފައިވާކަމަށް އެސަރަޙައްދުގައި ހުރި ނޫސްވެރިޔަކާ ހަވާލާދީ "ބީބީސީ" އިން ބުނެފައިވެއެވެ. މީގެއިތުރުންވެސް، ނޫސްވެރިޔާއާ ހަވާލާދީ ބުނެފައިވަނީ ހަމަލާ ދިން މީހާއަކީ ދޮން ނަސްލުގެ މީހެއްކަމަށާއި އެމީހާގެ އަތުގައި ތިން ބަޑިވެސް އޮތްކަމަށެވެ. އެގޮތުން، އެސޯލްޓް ރައިފަލް އަކާއި ދެ ފިސްތޯލަ އޮތްކަމަށް ބުނެފައިވެއެވެ.

ފައްޅި ހުންނަ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހަމަލާ ދިން ސަރަޙައްދުގެ މަންޒަރުތައް ފެންނަ ވީޑިޔޯ ފޫޓޭޖުތައް އެމެރިކާގެ ޓީވީ ޗެނަލްތަކުން ދައްކަމުންދާއިރު، އެސަރަޙައްދުގައި ކުއްލި ޙާލަތުގައި އިޖާބަދޭ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޭނާ ބުނެފައިވަނީ އެތައް އަހަރުތަކެއް ވަންދެން މިކަން ހުއްޓުމެއް ނެތި ހިނގަމުންދާކަމީ ކަންބޮޑުވާ ކަމެއްކަމުގައެވެ. ހަމައެހެންމެ، ހަމަލާ ދިން މީހާއަކީ މޮޔައެއްކަމަށް ސިފަކޮށް، އެޤައުމުގައި މަރުގެ އަދަބު ދެވެން އޮންނަ ގޮތް ވަރުގަދަ ކުރަން ޖެހޭކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

ދުނިޔޭގައި އޮންނަ ހަމައެކަނި ޔަހޫދީ ދައުލަތް އަދި އެތައް ހާސް މުސްލިމުންނަށް ޝަހީދުކޮށްލާފައިވާ ދައުލަތްކަމުގައިވާ އިސްރާއިލުންވެސް މި ހަމަލާ ކުށްވެރިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޮޑުބެ

  ތިޔައީ ޔަހޫދީން ރޭވުމަކުން ކޮށްގެން އުޅޭކަމަކަށްވާނީ މުސްލިމުންނާ ދިމާކޮށް ތަޅައި ފޮޅުންހިންގުމަށްޓަކާ މަގެއް ކޮށަނީކަމަށްވާނީ މާތްﷲ މުސްލިމު ޖަމާޢަތްތައް ސަލާމަތްކޮށް ރައްކާތެރިކުރަށްވައިފާންދޭ އާމީން

 2. ހާހީ

  އަލްހަމްދުﷲ. ތިއީ މުސްލިމް ނަމެއްކިޔާ ކާފަރަކު ވީނަމަވެސް ވާނީ ޓެރަރިސްޓް ހަމަލާއަކައް

 3. ހޮހޯ

  ޓެރަރިޒަމް؟؟؟ޓެރަރިސްޓް އަކަށް ނުވި؟؟ ދޮންމީހަކަށްވެފަ މުސްލިމަކަށް ނުވީމަ ހަމަލާއަކަށް ވެ ސިކުޑީގެ މައްސަލަހުރި މީހަކަށް؟؟
  މުސްލިމެއްނަަމަ؟؟؟ .. !!!

 4. ފިކުރު

  ހަމަ މަރަންވީ.... އެބައި މީހުން މަރާ ހުސްކުރަންވީ... މިދުނިޔޭގެ ހަލާކު އެއީ ޔަހޫދީން.

 5. ބޭގަނޑު

  އަނހާ ޓެރަރިސްޓުން އުޅޭ ދޯ މުސްލިމުން ނޫނަސް. ކީއްވެ ނުބުނީ ޓެރަރިސްޓު ހަމަލާއެކޭ