ހުޅަނގުގެ މީޑިޔާތަކުން ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތްފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް އަޙްމަދު ޙަޝޮޤީ ގެ ވާހަކަތައް ބޭރުގެ މީޑިޔާއިންފަތުރަމުންދަނީ ޙަޤީޤަތާއި ޚިލާފަށް ކަމަށް ސައުދީގެ ފޮރިންގް މިނިސްޓަރ އަދިލް އަލް ޖްބައިރް ވިދާޅުވެއްޖެއެވެ.
ބަޙްރައިންގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައި މިނިސްޓަރ އަދިލް . ވިދާޅުވީ ހުޅަނގުގެ މީޑިޔާތަކުން މިޚަބަރު ފަތުރަމުންދަނީ "ޖަޒުބާތުގައި" ޖެހިގެ ކަމަށާއި އަދި މި ހާދިސާއާ ގުޅޭ މަޢުލޫމާތުތައް ގެނެސް ދިނުމުގައި އޮޅުވާލުންތަކެއް ގެންގުޅޭ ކަމަށެވެ.
މީގެ އިތުުރުން މި ހާދިސާގައި ހިމެނޭ ފަރާތްތަކުގެ ތަޙްޤީޤް ސައުދީގައި ކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިނިސްޓަރ އަދިލް މިހެން ވިދާޅުވެފައި މިވަނީ ޚަޝޮގީގެ މަރާއި ގުޅިގެން ސައުދީއިން ހައްޔަރުކޮށްފައިވާ 18 މީހަކު ތުރުކީގެ ތަޙްޤީޤީ އިދާރާއަށް ހަވާލުކޮށް ދިނުމަށް ތުރުކީއިން އެދިފައިވާ ދަނޑިވަޅެއްގައެވެ.
އަދި މިކަމުގައި ސައުދީގެ ސަރުކާރުގެ އަދި ޝާހީ އާއިލާގެ އެއްވެސް އަތެއް ނެތް ކަމަށް މިނިސްޓަރ އަދިލްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނޫސްވެރިޔާ ޚާޝޮގީގެ މަރުގެ މައްސަލައިގައި ސައުދީގެ ރާގު ފެށުނީއްސުރެ ތަފާތު ގޮތްގޮތަށް ދަނީ ބަދަލުވަމުންނެެވެ. މިގޮތުން މިމަހު 2 ވަނަ ދުވަހު ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓުން ގެއްލުނު ދުވަހު ސައުދީން ބުނެފައިވަނީ އޭނާ ކޮންސިއުލޭޓުން ނިކުތް ކަމަށެވެ. ނަމަވެސް ސީސީޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުގައި ކޮންސިއުލޭޓުން ނިކުމެފައިވަނީ ޚާޝޮގީގެ ހެދުމުގައި އެހެން މީހެކެވެ. މީގެ ފަހުން ތުރުކީއިން މިމައްސަލަ ބަލަން ފެށުމުން ސައުދީއިން ބުނެފައިވަނީ ކޮންސިއުލޭޓް ތެރޭގައި ހިނގި ތަޅާފޮޅުމެއްގެ ނޫސްވެރިޔާ މަރުވީ ކަމަށެވެ. ނަމަވެސް މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ސައުދީއިން މިއަދު މިވަނީ ބުނެފައެވެ.
ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. އޭނާ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.
ކޮންސިއުލޭޓުތެރޭގަމަރުވީ .. އެކަމަކު ކުދިކުދިކޮށްކޮށާލައިގެން ދެންކެއްކީބިރިޔާނީ ؟