އެޓްލާންޓިކް ކަނޑުގައި ބާރުގަދަ ތޫފާން "އޮސްކާ" އުފެދިއްޖެއެވެ.

އާންމު ކޮށް އަހަރު ނިމޭ ކޮޅު އެޓްލާންޓިކް ކަނޑުގައި ބާރުގަދަ ތޫފާންތަށް އުފެދެއެވެ. "އޮސްކާ" ގެ ނަމުން ނަންދީފައިވާ މި ތޫފާން ކުރިއަށް އޮތް ތިން ދުވަހު އިތުރަށް ބާރުގަދަ ވާނެ ކަމަށް އެމެރިކާގެ ނޭޝަނަލް ހަރިކޭން ވާނިން ސެންޓަރުން ބުނެއެވެ.

އެޓްލާންޓިކް ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ބާމިއުޑާގެ 900 މޭލު ބޭރުގައި އުފެދިފައިވާ މި ތޫފާން އަކީ މި އަހަރު އެޓްލާޓިކް ކަނޑުގައި އުފެދުނު 15 ވަނަ ތޫފާނެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ މި ތޫފާނުގައި ގަޑިއަކު 130 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ތޫފާން ސަބަބުން ބޮޑެތި ރާޅުތަކެއް ވަނީ ބާމިއުޑާ ހިމެނޭ ޖަޒީރާ ރަތްތަށް ކައިރީ ވަނީ އުފެދިފައެވެ.

މި ދިޔަ މަހުގެ މެދުތެރޭގައި ވެސް އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ހިލާފް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އަރާފައެވެ. "ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނަކީ މިއަހަރުގެ މިހާތަނަށް އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ.

މިތޫފާނުގެ ސަބަބުން 350000 ގެޔަކުންވަނީ ކަރަންޓްގެ ޚިދުމަތް ކަނޑައިގެން ގޮސްފައެވެ. މިތޫފަނަކީ 2005 ވަނަ އަހަރުގެ ފަހުން އެމެރިކާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

އެމެރިކާއަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެފައި މިވަނީ، މީގެ 3 ދުވަސް ކުރިންވެސް އެޤައުމަށް ބާރުގަދަ ތޫފާނެއް އަރާފައި ވަނިކޮށެވެ.