އެމެރިކާގެ ރައީސް ޓްރަންޕް ވެރިކަމަށް ވަޑައިގެން އެމެރިކާ އާއި މެކްސިސޯ ބޯޑަރުގައި އަޅަން ވައުދުވި ބޮޑު ފާރުގެ އިމާރަތް ކުރަމުންދާ ބައެއް ދައްކާލައިފިއެވެ.

މި ފާރު ރޭނުމުގެ މަސައްކަތް ފަށާފައިވަނީ ކެލިފޯނިއާ ގައެވެ. ބޮޑު ފެންސާއި އެއްގޮތަށް ހަދާފައިވާ ފާރު ތަކުގައި 30 ފޫޓޫގެ އުސްމިނެއް ހުރެއެވެ. މެކްސިކޯގެ ބޯޑަރުގައި 3200 ކިލޯ މީޓަރު ގެ ދިގު ފާރު ރޭނުމަށް 8 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެމެރިކާއިން ލަފާކުރެއެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން އެމެރިކާއަށް އެތެރެވާ މެކްސިކޯގެ ރައްޔިތުންނަކީ ރޭޕިސްޓުންނާއި ކުށްކުރާ މީހުންގެ ގޮތުގައި ސިފަކޮށްފައެވެ.

މެކްސިކޯ އާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަށް ޓްރަމްޕް ވައުދުވުން ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ވެރިކަމަށް އައިސް ޓްރަމްޕް ވަނީ ވައުދު ފުއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާފައެވެ. އެގޮތުން އެންމެ އެކަށީގެންވާ، ފާރެއްގެ ޑިޒައިން ދެނެގަތުމަށް މީގެ ކުރިން ވަނީ ގިނަ ދިރާސާތަކެއް ކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު ކެމްޕޭންގެ ތެރެއިންވެސް އެމެރިކާއަށް ގާނޫނާއި ޙިލާފަށް އެތެރެވަމުންދާ އެހެން ގައުމުތަކުގެ މީހުންގެ އަދަދު ދަށްކުރާނޭކަމަށް ވެސް ވައުދުވެފައެވެ.

މެކްސިކޯގެ ރައްޔިތުން ބުނާ ގޮތުގައި މި ފާރުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ނަސްލީގޮތުން ތަފާތުކުރުންތައް ކުރިމަތިކުރުވުމުގެ އިތުރުން އެގައުމުގެ އިގްތިސާދަށް ގެއްލުން ވާނެ އެވެ.

އެމެރިކާގެ ޕެންޓަގަން އިން ވަނީ ބޯޑަރުގައި ސެކިއުރިޓީ ދިނުމަށް 800 އަށް ވުރެ ގިނަ އޮފިސަރުމް ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރި ވުމަށް ހުއްދަ ދީފައެވެ. ފާރުގެ އަގު ހޯދާނީ މެކްސިކޯ އިން އެތެރެކުރާ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގައިގެން ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޑެ

    8 ބިލިޔަން ޑޮލަރު ވީމަ ހާދަހާ ކުޑަ އަގެކޭ ދޯ. އައި، ޖީ، އެމް، އެޗް 25ބުރީގެ ޓަވަރަށްވެސް ދިޔާ އެހާކަށްހާވަރު.

    • ޑޮންޑޮން

      8 ބިލިޔަން ޑޮލަރަކީ 123 ބިލިއަން ދިވެހި ރުފިޔާ، އެއް ބިލިޔަނަކީ ސަތޭކަ މިލިއަން. މިވަރު އެނގިގެންތަ ކޮމެންޓު ކުރީ؟؟؟

      • ކާފަ

        1ބިލިއަނަކީ ކިތައް މިލިއަން؟

  2. ހެހެ

    ދޮގު ހަދަންވެސް އެވަރެއްނެތް އިނގޭ ކަލޭ.