ސްރީލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ އަވަހާރަކޮށްލަން އުޅުނު ކަމަށް މިހާރު ތުހުމަތު ކުރެވެނީ ބޮޑުވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހް އަށާއި އޭނާގެ ޕާޓީ ޔޫއެންޕީ އަށް ކަމަށް ލަންކާ ސަރުކާރަށް ތާއިދު ކުރައްވާ ސިޔާސީ ބޭފުޅުން ވިދާޅުވާން ފައްޓަވައިފިއެވެ.
ކުއްލި ގޮތަކަށް ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށް ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް ގެނެސްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ރާޖަޕަކްސަ އަށް ބޮޑުވަޒީރުކަން ދެއްވީ ސިރިސޭނަ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރަކު ހުކުރު ދުވަހު ހެނދުނު ހައްޔަރު ކޮށްފައި ވަނިކޮށެވެ.
ސިރިސޭނަ އަވަހާރަކޮށްލަން އުޅުމުގެ ފަހަތުގައި އޮތީ ރަނިލް އާއި ޔޫއެންޕީ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވި ނަމަވެސް އެކަމާއި ގުޅިގެން ލަންކާ ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނިމާލް ސިރިޕާލަ ޑި ސިލްވާ އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ ސިރިސޭނަ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ރަނިލް އާއި އޭނާގެ ޕާޓީ އިން ކަންތައްކުރި ގޮތާއި މެދު ސިރިސޭނަ ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންފައެވެ.
ސިރިސޭނަ އަވަހާރަކޮށްލަން އުޅުނީ އިންޑިއާގެ ޖާސޫސީ އިދާރާ އިން ކަމަށް މީގެ ކުރިން އިންޑިއާގެ ނޫހަކުން ވަނީ ބުނެފައެވެ. ނަމަވެސް އެތުހުމަތުތައް އިންޑިއާ އިން ވަނީ ދޮގުކޮށްފައެވެ. އެތުހުމަތުތަކާއި ގުޅިގެން ސިރިސޭނަ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރަނިލް އަށް ކުއްލި ގޮތަކަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިވަޑައިގެންނެވީ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައަންސް (ޔޫޕީއެފްއޭ) އިން ރަނިސްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި އެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލުމަށް ފަހު ރަނިލް މަގާމުން ދުރުކުރުމުންނެވެ.
މަގާމު ގެއްލިވަޑައިގަތުމުން ރަނިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭނާ އަދިވެސް ބޮޑުވަޒީރުގެ ޒިންމާތައް އަދާކުރަވަމުން ގެންދަވާނެ ކަމަށެވެ.
އޭނާ މަގާމުން ދުރުކޮށް ރާޖަޕަކްސް ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ރަނިލް ވިދާޅުވިއެވެ.
"ސްރީލަންކާގެ ބޮޑުވަޒީރަކީ އަދިވެސް އަޅުގަނޑު" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރަނިލް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އޭނާ އަށް ކަން ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެއެވެ.
ރަނިލް ބޮޑުވަޒީރު ކަމުން ދުރުކޮށްފައި ވާއިރު ރަނިލް އާއި ސިރިސޭނަ އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދެނީ ބޮއްސުންލާފައި އޮތް އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ.
އިންޑިޔާއިން ރާވައިގެން ރަނިލްލައްވާ ކުރުވަން އުޅުނު ބަޢާވާތެއްތިއީ! ވެރިކަމައިހެދީ މީހެއްގެ ފުރާނަވެަް ދުއްވާލުން އިންޑިޔާއަކަށް މާބޮށުކަމެއްނޫން!
ދިވެހިރާއްޖޭގައި ހަލާކުކޮށްލާފައޮތް އިޤތިޞާދު ނަގާކޮޅަށްޖެހީ ރައީސް ޔާމީނެވެ. އަހަރުންއަހަރަށް އެފްރިޕޯޓް ލިބެމުންދިޔާ އިޤްތިޞާދު ރައީސް ޔާމީންގެ މަސައްކަތުން ބީ ޕްލަސްގައި ހިފަހއްޓާފައި ހުންނަތާ ތިން އަހަރުވީރު އިޤްތިޞާދު ރަގަޅުވެއްޖެކަމުގެ އުފާވެރިކަން ދިވެހިންނަށް ދިޔައީ ލިބެމުންނެވެ. ބޭރުގެ ފަރާތްތަކުންވެސް ތިބީ އެކަމާ ޙައިރާންވެފައެވެ. ނަމަވެސް ބައެއްގެ ބޯގަޅިކަމުގެ ނަތީޖާއަކަށްވާނީ އަލުންވެސް ރައްޖެ ހުރިހާރޮގަކުން ނިކަމެތިވެގެންދިޔުމެވެ. މިކަން ފެންނަންފަށާނީ ދުވަސްކޮޅެއްފަހުންނެވެ. ނަޢޫޛުބިﷲ އެވެ.
ގެރިރާއްޖޭން ބޭނުމެއްނުވާނެ އަވަށްޓެރިއެއްވެސް ގައުމެއް ހަމަޖެހިލައިގެން ފުދުންތެރިވެއޮންނާކަށް އެޔޯމެން ބޭނުންވާނީ ތަނުގަ ހަމަޖެހުން ނަގާލާ اقتصادي ގޮތުން ބަލިކަށިކޮށް އަތަށް ނާށިގަނޑެއް ދީފައެޔޯމެން ގާތު ސަލާންޖަހަންޖެހެ ގޮތަށް އޮންނަގޮތަށް ބާއްވަން. މިރާއްޖޭންވެސް ދެން ފެންނާނީ އެދުވަސް.