ބާރުގަދަ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކޮށްގެން ސްރީލަންކާގެ ރިސޯޓެއްގައި ޕާޓީ ކުރަން ތިބި 58 މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ޑެއިލީ މިރާގައި ބުނެފައިވާ ގޮތުގައި، ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް، ހަޝިޝް، އަދި ބައެއް ކަހަލަ ގުޅަ ބޭސް ބޭނުންކޮށްގެން ޕާޓީ ކުރަން ތިއްބާ މި 58 މީހުން ހައްޔަރުކޮށްފައި ވަނީ، ލަންކާގެ ބެރެގަލާ ރޯޑްގައި ހުންނަ ރިސޯޓަކުންނެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. އަދި އެ މީޙުން ހައްޔަރުކޮށްފައި ވަނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ހަވީރު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ބަދުއްލާ، ޕަސައްރާ، ރަޓްނަޕުރާ، އަދި ނެގަމްބޯއަށް ނިސްބަތްވާ މީހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އައްޑޫސިޓީ

  ދިވެއްސަކު ނުވޭތަ؟

 2. ޢައިންތު

  ޙުރިހާކަމެއް ނިމޭއިރު ދިވެއްސަކު ހުންނާނެ

 3. އަފީފާ

  ދިވެއްސެއްނެއްކަން ތީވަރައްބޮޑުނަސީބެއް

  • ނަމަނަމަ

   ކިހިނެއް އިނގޭނީ ދިވެއްސަކު ނެތްކަމެއް!! ތިޔާ މައްސަލަ ނިމޭއިރު ރަނގަޅަށް ވިއްޔާ ދިވެހިންވެސް ހިމެނޭނެ!!