އަވަށްޓެރި އިންޑިއާގައި މަދިރީގެ ސަބަބުން ޖެހޭ ޒިކާ ވައިރަސް، ފެތުރެމުންދާކަމަށް އެ ގައުމުން އޮފިޝަލުން ހާމަކުރައްވައިފިއެވެ.

ގުޖުރާތު ސްޓޭޓުން އާއި ރާޖިސްތާނުންވެސް ވަނީ ޒިކާ ވައިރަސް ފެތުރެމުންދާކަމަށް ރިޕޯޓްކޮށްފައެވެ. އެ ސްޓޭޓްތަކުން ދަނީ ބަލި ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުނެވެ.

މިދިޔަ އަހަރު އިންޑިއާއިން ޒިކާ ވައިރަސް ފެނިގެން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރީވެސް ގުޖުރާތު ސްޓޭޓުންނެވެ. ހަމަ އެހަރުގެ ޖުލައި މަހު ޓެމިލް ނާޑޫއިންވެސް ޒިކާ ވައިރަސްވަނީ ފެނިފައެވެ.

އިންޑިއާގެ ސްޓޭޓް ހެލްތް ޑިޕާޓްމެންޓުން ވަނީ ޒިކާ ވައިރަސްއަށް ސްކްރީން ކުރުމަށް ހާއްސަކޮށްގެން އެމަޖެންސީ ސެންޓަރުތަކެއްވެސް ހުޅުވާފައެވެ.

ޒިކާ ވައިރަސް ފެތުރެނީ އީޑީޒް މަދިރިންނެވެ. ޒިކާ ވައިރަސް ޖެހިފައިވާ މީހެއްގައި ގައިގައި މަދިރި ހެފުމަށް ފަހު ރަނގަޅަށް ހުރި މީހެއްގެ ގައިގައި އެމަދިރި ހެފުމުން އެމީހާގެ ގަޔަށް ވައިރަސް ވާސިލްވެއެވެ. ޖިންސީ ގުޅުމުން ވެސް މި ބަލި އަރާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަދި އެބަށްޔަކީ ބަލީގެ ކުރީ ކޮޅުގައި ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާ ކުރުވާ ބައްޔެކެވެ.މިއީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔަކަށް އޭރު ނުވާތީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވިފައެއް ނުވެ އެވެ.

2015 ވަނަ އަހަރު ބްރެޒިލުގައި ފެތުރެން ފެށި މި ބަލި އޭރު ވަނީ 70 ގައުމަކުން ފެނިފަ އެވެ. މީގެ ތެރެއިން އޭޝިއާގެ 19 ގައުމަކުން ވެސް ޒިކާ ފެނިފައިވެ އެވެ. ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ވަނަ އަހަރު ޔޫގެންޑާ އިން ރާމާ މަކުނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިކޮއި

    އިންޑިއާ ރާއްޖެ އެތެރެވާ އިންޑިއާ މީހުން ކަރަންޓީނު ކޮއްފައި ބޭތިއްބުމަށް ފެންނަނީ..