އާޖެންޓީނާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި އާޖެންޓީނާގެ 324 ކިލޯ މީޓަރު ސައުތުގައި އޮންނަ އުސްވާޔާގެ ރިސޯޓް ޓައުން އަކަަށެވެ.

މި ބިންހެލުމުގައި މީހަކަށް ގެއްލުންވި ކަން އަދި ނޭނގޭއިރު، ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ބިންހެލުން ގިނަ ހިސާބެއްގައި އާޖެންޓީނާ އަށް 2010 ވަނަ އަހަރު 8.8 މެގްނިޓިއުޑްގައި އައި ބިންހެލުމެއްގައި ސުނާމީ އުފެދި ދެ އަވަށަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެ ބިންހެލުމުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ 30 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ. މިދިޔަ ދުވަސްތަކުގައި ވެސް ޗިލީ އަށް ވަނީ ކުދިކުދި ލޮޅުންތައް އަރައިފަ އެވެ. އާދީއްތަ ދުވަހު ވެސް 6.0 މެގްނިޓިއުޑްގެ ބިންހެލުމަކީ ކުޑަ ދެ ލޮޅުމެއް އަރާފައިވެ އެވެ.

ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ބާރުގަދަ ގިނަ ބިންހެލުންތަކެއް އެ ސަރަޙައްދަށް އައި ފަހަރެވެ. މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް އިތުރު ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ. މިއަހަރަކީ ބިންހެލުންތަކުގެ އަހަރެއްގެ ގޮތުގައި ސައިންސްވެރިން ސިފަކޮށްފައިވަނީ މި ސަބަބަށްޓަކައެވެ. މިއީ ބާރުގަދަ ބޮޑު އެއް ބިންހެލުން އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.