ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ނިއުޒިލޭންޑްގެ 25 ކިލޯ މީޓަރު ދެކުނުގައި އޮންނަ ތަމުރިނީށެވެ.

މި ބިންހެލުމުގައި މީހަކަށް ގެއްލުންވި ކަން އަދި ކަށަވަރެއް ނުވެއެވެ. ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ 207 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން 30 ސިކުންތަށް ދެމިގެން ދިޔަ އެވެ. ބިންހެލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ބިންހެލުމުގެ އިހުސާސު 9000 އަށް ވުރެ ގިނަ މީހުންނަށް ކޮއްފައިވާއިރު ބިންހެލުމުގެ ސަބަބުން ނިއުޒިލޭންޑްގެ ގާނޫން ހަދާ މަޖިލިސް ވަނީ މިހާރު ސަސްޕެންޑް ކޮއްފައެވެ. ގާނޫން ހަދާ މަޖިލިސް ސަސްޕެންޑް ކުރުމުގެ ކުރިން ނިއުޒިލޭންޑްގެ ސިވިލް ޑިފެންސް މިނިސްޓަރ ވަނީ ބިންހެލުމާއި ގުޅޭ މައުލޫމާތު ގާނޫން ހަދާ މަޖިލިސް އާއި ހިއްސާކޮއްފައެވެ.

ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދާއިރު، މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް އިތުރު ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ. މިއަހަރަކީ ބިންހެލުންތަކުގެ އަހަރެއްގެ ގޮތުގައި ސައިންސްވެރިން ސިފަކޮށްފައިވަނީ މި ސަބަބަށްޓަކައެވެ. މިއީ ބާރުގަދަ ބޮޑު އެއް ބިންހެލުން އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިއިބްރާހީމް

    މީ ދުނިޔެ އޮތް ހާލު، ދިވެހިންގެ ތެރެއިން ގިނަބަޔަކު ދަނީ ވެރިކަމާހެދި ތަޅާފޮޅަމުން، ހަރާމެއް ހަލާލެއް ނުބަލާ އަތަށް އެރި ކޮންމެ އެއްޗެއް ދަނީ ދިރުވަމުން.

    • Anonymous

      އާނ. ދެރަވޭ ތިކަމާ ވ

  2. ނީބުމަ

    ނިކަމެތި އިންސާނުންގެ ހާލު.... ކީތްކުރާނީ އިބުރާހިމާ.؟

  3. Anonymous

    ވަގުތު ނިއުސް ޓީމް ވަރަށް އެފިޝެންޓް އާރތްކުއިކް ނިއުސް ގެނެސްދޭލެއް