މިއަދު ނިއުޒިލޭންޑަށް 6.1 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުން އައިއިރު، އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހޭރީ އާއި މޭގަން މާކެލް ތިބީ އެ ގައުމުގައިކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ހޭރީ އާއި މޭގަން ނިއުޒިލޭންޑަށް ދިޔައީ ޓުއާއަކަށެވެ. އެ ބިންހެލުން އައިއިރު، އެ މީހުން ނިއުޒިލޭންޑްގައި ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އަސަރެއްކޮށްފާނެ ކަމަށް ނުބެލެވޭއިރު، މި ބިންހެލުން އައި ވަގުތު ހޭރީ އާއި މޭގަން އުޅުނީ އޯކްލޭންޑްގައި، އެ މީހުންގެ ޓުއާގެ ކަންތައް ކުރިއަށް ގެންދިއުމުގައެވެ. އެ ހިސާބަށްވެސް ބިންހެލުމުގެ އަސަރެއް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ހާރީ އާއި މޭގަންއަށްވެސް އެއްވެސް ވަރަކަށް މި ބިންހެލުމުގެ އަސަރުކޮށްފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ނިއުޒިލޭންޑްގެ 25 ކިލޯ މީޓަރު ދެކުނުގައި އޮންނަ ތަމުރިނީށެވެ. ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ 207 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން 30 ސިކުންތަށް ދެމިގެން ދިޔަ އެވެ.

މި ބިންހެލުމުގައި ގެއްލުމެއް ވެފައިނުވާކަމަށް ނިއުޒިލޭންޑްގެ ކަމާއި ގުޅުން ހުރި އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަވާ

    އެގައުމުގައި އެ ދެމީހުން ތިބީމަތަ ކަންބޮޑު ވާންވީ، ބާކީ އެގައުމުގަ ދިރިއުޅެނީ އިންސާނުން ނެތް ނޫންތަ

  2. ގަމާރު

    ބިންހެލުން އަންނަނީ ވަކިބަޔަކުންނަށް ބަލާގެންތަ.