ދުނިޔޭގެ އެނެމެ ގަދަ ކަނޑެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ، "ޑްރޭކް ޕެސެޖް"ގެ އަޑިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 40 ކިލޯމީޓަރު އަޑިން، ދާދި ދެންމެއަކުއެވެ. ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑް މިންގަނޑުން 5.2 ގެ ބާރުމިނުގައެވެ.
މި ކަނޑަކީ، ދެކުނު އެމެރިކާ ބައްރާއި، ގަނޑުފެނުގެ ބައްރު އެންޓާކްޓިކާ އާއި ދެމެދުގައި އޮންނަ ކަނޑެކެވެ.
މި ބިންހެލުމުގެ އަސަރު މި ދެބައްރުގެ އެއްވެސް ހިސާބަކަށް އަސަރެއް ކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ. ހަމަ އެހެންމެ، ބިންހެލުމާއި ގުޅިގެން ސުނާމީއެއްގެ އިންޒާރުވެސް އަދި ނެރެފައި ނުވެއެވެ.
ގިޔާމަތްވާން ކާރިވީކަންނޭގެ
ކަންނޭގެ އެއްނޫން ހަމަޔަގީން..
ކަންނޭނގެ އެއްނޫން ޔަގީން
ހަމަ ޔަޤީން ޤިޔާމަތް ވާނެ...