އަފްޣާނިސްތާނުގެ ފަރާހް ޕްރޮވިންސުގެ ހުޅަނގުން، އީރާނާއި ގުޅޭ ބޯޑަރު ސަރަޙައްދުން ދަތުރުކޮށްފައި ދިޔަ ހެލިކަޕްޓަރެއް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ހެލިކަޕްޓަރުން ދަތުރުކުރި 25 މީހަކު މަރުވެފައިވާއިރު، އޭގެތެރޭގައި އަފްޣާނިސްތާނުގެ އިސް އޮފިޝަލުންވެސް ހިމެނޭ ކަމަށް ކަމަށް ފަރާހް ޕްރޮވިންސުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

މި ހާދިސާގައި ވެއްޓިފައި ވަނީ، އަފްޣާނިސްތާނުގެ އަސްކަރީ ހެލިކަޕްޓަރެކެވެ. ހެލިކަޕްޓަރު ވެއްޓެން ދިމާވީ، ދަތުރުކޮށްފައި ދަނިކޮށް މޫސުން މާބޮޑަށް ގޯސްވެ އުޅަނދުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ކަމަށް ވެއެވެ.

އަނާރު ދާރާ ޝަހަރުން، ހީރަތު ޕްރޮވިންސަށް ދަތުރުކޮށްފައި ދިޔަ މި ހެލިކަޕްޓަރު ވެއްޓުނީ، ދަތުރު ފެށިތާ މާގިނައިރެއް ނުވަނީސް، ފަރުބަދަމަތީ ސަރަޙައްދަކަށެވެ. ހާދިސާ ހިނގައިގެން އޮފިޝަލުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފެށިއިރުވެސް އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ވެއެވެ.

ގިނަ ޢަދަދަކަށް ހަނގުރާމަވެރި ޖަމާޢަތްތައް ހަރަކާތްތެރިވާ އަފްޣާނިސްތާނުގައި މިއަދު މި ހާދިސާ ހިނގާފައިވާއިރު، އެޤައުމުގައި އޮންނަ ހަނގުރާމަވެރި ބޮޑު ޖަމާޢަތެއް ކަމަށްވާ ތާލިބާނުން ބުނެފައިވަނީ ހެލިކަޕްޓަރު ވައްޓާލީ އެ ޖަމާޢަތުން ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން އެކަން ދޮގު ކުރެއެވެ.

މިއަދު ހެލިކަޕްޓަރެއް ވެއްޓިގެން އަފްޣާނިސްތާނުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ހެލިކަޕްޓަރެއް ވެއްޓުނު ހާދިސާއެއް އެޤައުމުގައި ހިނގިއެވެ. އިންޖީން ފެއިލްވެގެން ހިނގި އެ ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހެލިކޮޕްޓަރު

  އެހެންވެ ބުނަނީ މަ ނުދުއްވާށޭ

  • މެޖޯރިޓީ ހެލިކަޕްޓަރުތަށް

   އަހަރުމެންް ނުބުނަން!

 2. ބަމަރސް

  ހާދަ ދެރައޭ މިހާގިނަ ފްލައިޓް ވެއްޓޭތީ. އެހެންވެގެންނޭ ބައްތެލީގައި ދާންވީ 3 މަސް ދުވަސް ވިޔަސް