67 ފަސެންޖަރުންނާއެކު ދަތުރު ކުރަމުންދިޔަ ބަންގްލަދޭޝްގެ މަތިންދާ ބޯޓެއް ކަތަމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓިއްޖެއެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ވެއްޓިފައިވަނީ ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާގެ މަތިންދާ ބޯޓެކެވެ. އަދި ބޯޓު ވެއްޓުނީ ޖައްސަން އުޅެނިކޮށް ކަމަށާއި، މި ބޯޓަކީ ޑާކާއިން ފުރައިގެން އައި ބޯޓެއްކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ކަށަވަރު ވެފައި ނުވާއިރު އެޤަމުގެ ޓޫރިޒަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުރޭޝް އަޗާރިޔާ ވިދާޅުވީ، ޒަޚަމްވި 17 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަދި މިހާދިސާގައި މީހަކު މަރުވެފައިވާކަން ޔަގީންވެފައި ނުވިނަމަވެސް، ވެއްޓުނު ބޯޓުން ގިނަ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު