ގްރީސް އާއި އިޓަލީ އާއި ދެމެދުގައި އޮންނަ އަޔޯނިއާ ކަނޑުގެ އަޑިޔަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ދާދި ދެންމެއަކު އެ ސަރަޙައްދަށް މި ބިންހެލުން އައިސްފައި ވަނީ ބިމުގެ ފަސް ކިލޯމީޓަރު އަޑިންނެވެ.

ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި މި ބިންހެލުން އަޔޯނިއާގެ ކަނޑުގެ ސަރަޙައްދަށް އައިސްފައި ވަނީ މްގެނިޓިއުޑް މިންގަނޑުން 5.3ގެ ބާރުމިނުގައި ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ސަރަޙައްދީ އެއްވެސް ޤައުމަކަށް ލޮޅުންތައް އައިސްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އަދި ބިންހެލުމުގެ ސަބަބުން މި ސަރަޙައްދުގައި ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް އޮތް ކަމެއް، ޕެސިފިކް ސުނާމި ވާނިންގް ސެންޓަރުން އަދި ހާމައެއް ނުކުރެއެވެ.

މިއަދު އަޔޯނިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އައިސްފައި މިވަނީ، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ސަރަޙައްދަށް ކުދި 28 ބިންހެލުން އައިސްފައި ވަނިކޮށެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އަޔޯނިއާ ކަނޑަށް އަންނަ ބިންހެލުން ވަނި އާދަޔާއި ޚިލާފަށް އިތުރު ވެފައިކަން ފާހަގަކޮށްލެވެއެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިލާލް

    ހެޔޮނުވާނެ! ރައްޔިތުން މަގުފުރެދޭނެ ގޮތައް ބައެއް މީހުން ލިޔުންތައް ލިޔަމުންދާއިރު (ސަރުކާރުގެ ކަމާބެހޭ އޮފީހެއްގައި ރެޖިސްޓްރީ ކޮށްގެން ހިންގާ "ވަގުތު" ނޫހުގައި) މިކަމާ އަޅާލާނެ މުއައްސަސާއެއް ނުއޮންނަނީތޯ؟ ނޫނީ މިވަނީ ކިހިނެއްބާ؟ ޤައުމާއި ރައްޔިތުންދެކެ ލޯބިވާ ޕާޓީ އެއްވެސް ނެތީބާ؟ މަޖްލިސް މެންބަރަކުވެސް ނެތީބާ؟ " މްގެނިޓިއުޑް މިންގަޑުން" ލިޔުން ހުއްދައީ ކީއްވެބާ؟