ކެބިން ތެރެއިން ދުން އަރާތީ، އެމެރިކާގެ މައި އެއާލައިނެއް ކަމަށްވާ ސައުތްވެސްޓް އެއާލައިންގެ ފްލައިޓެއް މެކްސިކޯގެ ސިޓީއެއް ކަމަށްވާ އަލްބުކަރކީގެ އެއާޕޯޓެއްގައި އިމެޖެންސީގައި ޖައްސައިފިއެވެ.

މި ހާދިސާގައި ދެމީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާއިރު، އެދެމީހުންނާއި ބެހޭ މަޢުލޫމާތެއް ނުވަތަ އެމީހުންނަށް ލިބުނު އަނިޔާއެއް އަދި އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ހިނގި ވަގުތު ފްލައިޓުގައި 140 ފަސެންޖަރުން ތިއްބެވެ. މީގެ ތެރެއިން ދެ ފަސެންޖަރަކު ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުންދާއިރު، އިތުރުން ފަސް ފަސެންޖަރަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ.

މި ފްލައިޓަކީ އެމެރިކާގެ އެރިޒޯނާގެ ސިޓީއެއް ކަމަށްވާ ފީނިކްސްއިން މެކްސިކޯއަށް ދަތުރުކޮށްފައި ދިޔަ ފްލައިޓެކެވެ. ފްލައިޓުގެ ކެބިންތެރެއިން ދުން އަރަން ފަށާފައި ވަނީ ފްލައިޓް ޖެއްސުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ފްލައިޓު ތެރޭގައި އިލެކްޓްރިކް ޝޯޓެއް ވެގެން ކަމަށް ބެލެވޭއިރު، ކެބިން ތެރޭގައި ދުން ފެތުރި ފްލައިޓްގެ އެލާމް ސިސްޓަމުން އެލާމް އަޅަން ފެށުމާއިއެކު އިމަޖެންސީގައި ޖެއްސުމަށް ފްލައިޓް ވަގުތުން ޑައިވާޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.