ދުނިޔޭގެ އޮންނަ ބޮޑު ޖަޒީރާ ޤައުމެއްކަމުގައިވާ ޖަޕާނުގެ ބައެއް، ދުނިޔޭގެ ޗާޓުން ފުހެވިގެން ގޮސްފިއެވެ. އެޤައުމުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި، އެޤައުމުގެ އިހުތިސާސްގެ ތެރެއިން އޮންނަ މި ބައި ފުހެވިގެން ދިއުމުގެ ސަބަބުން ޖަޕާނުގެ މަސްއޫލުވެރި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފުހެވިގެން ގޮސްފައިވަނީ ޖަޕާނުގެ އެންމެ އުތުރުގައި އޮންނަ މައި ރަށްކަމުގައިވާ ހޮއްކައިޑޯ އައިލެންޑުގެ ކައިރީގައި އޮންނަ އެސަމްބޭ ހަނަކިޓާ ކޮޖިމާ އައިލެންޑް އެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ރަށާއި ކަނޑުގެ ސަތަހައާ ދެމެދު ހުންނަނީ ފަސް ފޫޓުގެ ފަރަޤެކެވެ. އެހެންކަމުން، މި ރަށް ދުނިޔޭގެ ޗާޓުން ފުހެވިގެން ދިއުމަށް މަގުފަހިވެފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމުގެ ސަބަބުންކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، މި ރަށަކީ ދުރުގައި ހުންނަ އެހެން ރަށްތަކުން ރީއްޗަށް، ހަމަ ލޮލަށް ފެންނަހާ އުސް މިނުގައި އޮތް ރަށެކެވެ. ޗާޓުން ފުހެވުމާއެކު، ލޮލަށްވެސް އެރަށް ނުފެންނަކަމަށްވެއެވެ.

އެހެންނަމަވެސް، މިއީވެސް މުޅިން ޤަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ޖަޕާނު ކޯސްޓު ގާޑުން ބުނެފައިވެއެވެ. އަދި، މިކަމުގެ ސަބަބުން ޖަޕާނުގެ ބާރު ހިނގާ ކަނޑުގެ ސަރަޙައްދަށް ކޮންމެވެސް މިންވަރެއްގެ ބަދަލެއް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

މި ރަށަކީ ޖަޕާނުން ވަރަށް ޚާއްޞަ އިސް ކަމެއް ދީގެން ބަލަހައްޓާ ރަށެކެވެ. އެގޮތުން، ސަރަޙައްދުގެ އެހެން ބާރުތައްކަމުގައިވާ ޗައިނާ އާއި ކޮރެޔާގެ އަތް ދަށުން މި ރަށް ސަލާމަތްކުރުމަށް ޗައިނާ އިން މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ތިލަފަޅެއްގެ ގޮތުގައިވެސް ރަށް ނެތްނަމަ އެރަށް އުފެދިފަހުރި އާނުގަނޑު ބިންދައިގެން ދިއައީކަމަށްވެދާނެނު ދެން ޖަޕާނުމީހުން ގާތު ބުނަންވީނު ވައިޖަހާ ހަންތަކެއް ބަދެގެން އެރަށް ނަގާށެ

  2. އަފްލާ

    މީ ހަމަ ﷲ ގެ ކުޅަދުން ވަންތަކަން ދުނިޔޭގެ އެކިހިސާބުގެ ބިންތަކަށް ޔަހޫދީން ވެެިވެގަތުމުގެ ނަތީޖާ މީ އިޒްރޭލުން ފަލަސްތީނަށް ވެރިވެގަނެގެން އުޅެ އުޅުމުންވެަް ސް އިބްރަތެއ ހާސިލްވާނެ

  3. އިޖުލާޅް

    ﷲގެ ކުޅަދުންވަންތަކަން